އެމްޑަބްލިއުއެސްސީން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ހުޅުވާލައިފި

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ހުޅުވާލައިފިއެވެ. ކެޕިޓަލް މާކެޓަށް އެ ބޮންޑު ނެރެދޭން މަސައްކަތް ކުރި ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބު...

07 Dec 2024 | 02:39

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ހުޅުވާލައިފިއެވެ.

ކެޕިޓަލް މާކެޓަށް އެ ބޮންޑު ނެރެދޭން މަސައްކަތް ކުރި ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުނީ، މި ބޮންޑު ވިއްކާނީ ދެ މަރުހަލާއަކަށް ބާހަލައިގެން ކަށެވެ.

ދުއިސައްތަ މިލިއަން ރުފިޔާގެ ބޮންޑަކަށް އިންވެސްޓުކުރުމަށް އެމްޑަބްލިއުއެސްސީގެ ވިޔަނި ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މި ބޮންޑު އިންވެސްޓުކުރާ ފަރާތްތަކަށް ފަސް އަހަރު ތެރޭ އަހަރަކު 7.5 އިންސައްތައިގަ އިންޓްރެސްޓް ލިބޭނެ ކަމަށް ފަސްޓް ނޭޝަނަލުން ބުނެފައިވެއެވެ.

ފަސްޓް ނޭޝަނަލް އިން ބުނީ، މި ބޮންޑު ވިއްކުމުގެ މަގުސަދަކީ އެމްޑަބްލިއުއެސްސީން ހިންގާ މަޝްރޫއުތަކާ ވިޔަފާރިތަކަށް ފައިނޭންސް ހޯދުމަށް ކަމަށެވެ.

އޭގެތެރޭގައި، ފެނާއި ނަރުދަމާގެ ޚިދުމަތަށް ބޭނުންވާ އިންވެސްޓުމަންޓުތަކާއި މިހާރު އަތޮޅުތަކުގައި ކުރިއަށް ގެންދާ ނަރުދަމާގެ މަޝްރޫއުތައް އަވަސްކުރުމުގެ އިތުރުން، ކުންފުނިން އުފައްދާ ބައެއް ސާމާނުގެ ވިޔަފާރި ފުޅާ ކުރުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް