ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުގެ ޚާއްސަ އޮޕަރޭޝަނެއް

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގަވ...

07 Dec 2023 | 13:49

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މި ޚާއްސަ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމާއި މަސައްކަތް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުމަށް ކަމަށެވެ.

މި އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީ އާއި ވިސާ ބެލުމަށްފަހު އިމިގްރޭޝަން ޤާނޫނާއި ހިލާފުވާ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމަށް މަސައްކަތް ކުރާނެއެވެ.

ހަމަ އެހެންމެ މި އޮޕަރޭޝަން ކުރިއަށްދާއިރު އިމިގްރޭޝަންގެ ޤާނޫނާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ސައްހަ ހުއްދައެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ޤާނޫނު ތަންފީޒު ކުރަމުންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް