ހަތް އަހަރާއި ހަތް ދުވަސް ފަހުން އަލީ ވަހީދު އަލުން އެމްޑީޕީއަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު، އަލުން އެ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ. މިކަން ހާމަކޮށް މިއަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަތް އަހަރާއި ހަތ...

07 Dec 2023 | 10:47

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު، އަލުން އެ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

މިކަން ހާމަކޮށް މިއަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަތް އަހަރާއި ހަތް ދުވަސްފަހުން އަލުން އަނބުރާ އެމްޑީޕީއަށް ވަޑައިގަތީ އެ ޕާޓީގެ ފަޚުރުވެރި މެންބަރެއްގެ ގޮތުގައި ކަމަށެވެ.

"އިރާދަފުޅުން އެމްޑީޕީއަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ޚިދުމަތް ކުރާނަން" އެކްސްގައި އަލީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އަލީ އެމްޑީޕީން ވަކިވީ ރައީސް ޔާމީންގެ ދައުރުގައި ސިޔާސީ ހަލަބޮލިކަމުގައި ރާއްޖެއިން ބޭރަށް އަމިއްލަފުޅަށް އަރުއްވާލެވިގެން ހުންނެވުމަށްފަހުގައެވެ. އޭގެ ފަހުން އަލީ މަސައްކަތްކުރެއްވީ ޖުމްހޫރީ ޕާޓީގައެވެ. މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ފަހަތުގައި ހުންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް