ހުޅުމާލޭ ލިކްރް ރޯޑުގައި ސޯލާ ޕެނަލް ހަރުކުރަން ފަށައިފި

ސިނަމާލޭ ބްރިޖާއި، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑުގައި ސޯލާ ޕެނަލް ހަރުކުރަން ފަށައިފި އެވެ. މިއީ ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމެންޓު މިނިސްޓްރީ އިން ހިންގާ އެކްސެލެރޭޓިން ސަސްޓެއިން...

07 Dec 2022 | 18:29

ސިނަމާލޭ ބްރިޖާއި، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑުގައި ސޯލާ ޕެނަލް ހަރުކުރަން ފަށައިފި އެވެ.

މިއީ ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމެންޓު މިނިސްޓްރީ އިން ހިންގާ އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔަ) ޕްރޮޖެކްޓެކެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާއި އެވެ. މި މަޝްރޫއު ފެށުމުގެ ގޮތުން މިއަދު ހަވީރު ވަނީ އެ ސަރަހައްދުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓު މިނިސްޓަރު މަރިޔަމް ޝައުނާ ވިދާޅުވީ އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުގެ ސަބަބުން، ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މިއީ މިހާ ބޮޑު ސޯލާ ޕެނަލް ސިސްޓަމެއް ރާއްޖޭގައި ހަރުކުރާ ފުރަތަމަ ފަހަރެވެ.

އެންސިސް ކޯއިން މައުލޫމާތުދޭގޮތުގައި ސޯލާ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ކަރަންޓް އުފައްދަން ފަށާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް