ޓްރީ ޓޮޕް ހޮސްޕިޓަލުން އާތުރޮސްކޮޕީ މެދުވެރިކޮށް، ކަކުލުގެ ލިގަމެންޓް ރީކޮންސްޓްރަކްޓް ކުރުމުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފި އެވެ.
މިއީ ރާއްޖޭގައި ލިގަމެންޓް ރިކޮންސްޓްރަކްޝަން އަދި ޕީސީއެލް ރިކޮންސްޓްރަކްޝަންގެ ހުރިހާ ލިގަމެންޓެއް ރިކޮންސްޓްރަކްޓް ކުރި ފުރަތަމަ ފަހަރު ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ ކަކުލު ހުޅު ޑިސްލޮކޭޓް ވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އެ އަނިޔާގައި ކަކުލު ހުޅުގެ ލިގަމެންޓްތަކަށާއި ފަޔަށް ވަރަށް ބޮޑެތި ގެއްލުންތައް ވެ އެވެ. ކަކޫ ޑިސްލޮކޭޓް ވުމަކީ ކަކުލުގެ ވަށައިގެންވާ ކަށިގަނޑު ކަމަށްވާ 'ޕެޓެލާ' އެ އިންނަން ޖެހޭ ތަނުން ބޭރުވުމެވެ.
ކަކޫ ޑިސްލޮކޭޓް ވުމަކީ ކަކުލުގެ ތިން ކަށިގަނޑު ހުންނަން ޖެހޭ ތަނުން ބޭރުގައި ހުރުމެވެ.
މި އޮޕަރޭޝަންކޮށްފައިވަނީ އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކުގެ ސަބަބުން މުޅި ކަކުލު ހުޅު ފަޅައިގެން ގޮސް، ކަކުލުގެ ހުޅުގެ ހުރިހާ ލިގަމެންޓްތައް ހަލާކުވެފައިވާ އުމުރުން 31 އަހަރުގެ އެ އަންހެކެެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ މީހާގެ ސާޖަރީގެ ތެރޭގައި ހުރިހާ ލިގަމެންޓްތަކެއް ވެސް ވަނީ ރިކޮންސްޓްރަކްޓްކޮށްފައި ކަމަށެވެ. ރިކޮންސްޓްރަކްޝަން ކުރިއަށް ގެންދިޔައީ ބަލިމީހާގެ ދެ ފައިގެ ލިގަމެންޓް ބޭނުންކޮށްގެންނެވެ.
މި އޮޕަރޭޝަންގައި ހަރަކާތްތެރިވީ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެެއް ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް