ވިލާ ކޮލެޖުގެ ސްކޮލަޝިޕް ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ސްކޮލާޝިް ފުރުސަތުތަކަކީ އަންނަ އަހަރު އެ ވިލާ ކޮލެޖުން ތައުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ފުރުސަތުތަކެކެވެ. މިއީީ ހަމަ އެކަނި މާލޭގައި ކިޔެވުމަށް ހާއްސަ ސްކޮލާޝިޕްތަކެކެވެ.
ސްކޮލާޝިޕްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީސްކޮލަޝިޕް ޕްރޮގްރާމުން ހަތް ދަރިވަރުންނަށް ފުރުސަތު ދޭނެ ކަމަށެވެ. އޭގެ ތެރެގައި ހިމެނެނީ ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕާއި ،ވިލާ ކޮލެޖު/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕާއި ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕް ކަމަށް ވިދާޅުވި އެވެ.
އެ ކޮލެޖުން ބުނީ ކުރިއަށްއޮތް ތަނުގައި ވިލާ ކޮލެޖުގެ އަތޮޅުތެރޭގެ ކެމްޕަސްތަކުން، ރަށު ކައުންސިލް ތަކާއި ގުޅިގެން، ކެމްޕަސްތަކުގައި ކިޔެވުމަށް ޚާއްސަކޮށްގެން ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޯޕަން ސްކޮލާޝިޕްގެ ކެޓަގަރީން ހުޅުވާލާފައިވަނީ ޖުމްލަ ތިން ސްކޮލަޝިޕެވެ. އެއީ ފައުންޑޭޝަނާއި ޑިގްރީ އަދި މާސްޓާސްގެ ކޮންމެ ޕްރޮގްރާމަކުން ވެސް އެއް ފުރުސަތެވެ. މި ސްކޮލާޝިޕް ދިނުމުގައި ނަތީޖާއަށް ބަލާނެ އެވެ.
ވިލާ ކޮލެޖު/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ވިލާ ކޮލެޖުގައި ޑިގްރީ ހަދަން ދޭ ފުރުސަތަކެވެ. މި ސްކޮލަޝިޕް ދޭން ނިންމާފައިވަނީ ދެ ދަރިވަރުންނަށެވެ. ވިލާކޮލެޖުން އިން ބުނި ގޮތުގައި މި ދާއިރާއިން ސްކޮލަޝީޕަށް ކުރިމަތިލެވޭނީ ވިލާ ހައި ސްކޫލުން އޭ ލެވެލް ނިންމިތާ ގިނަވެގެން ދެ އަހަރު ނުވާ ދަރިވަރުންނަށް ކަމަށެވެ.
ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕަކީ ވިލާ ކޮލެޖުން ކިޔެވުން ނިންމި ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ މި ދާއިރާގައި މާސްޓާސް ފެންވަރަށް ކިޔެވުމަށް އެއް ފުރުސަތާއި ޑިގްރީއަށް ކިޔެވުމަށް އެއް ފުރުސަތު ދޭގޮތަށް ހުޅުވާލާފައިވާ ސްކޮލާޝިޕެކެވެ. މި ކެޓަގަރީގެ ސްކޮލަޝިޕަށް ލެވޭނީ އެ ކޮލެޖުން ކުރިން ކިޔަވާފައިވާ ދަރިވަރުންނަށެވެ.
ވިލާ ކޮލެޖު މި ސްކޮލަޝިޕްތައް ހާއްސަކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކުގައި ކިޔަވާ ދަރިވަރުންނަށެވެ. ސްކޮލަރޝިޕް އަށް ހުށައަޅާ ދަރިވަރުން، ސްކޮލާޝިޕަށް ކުރިމަތިލާ އިރު، އެ ކުރިމަތިލާ ކޯހަކުން ކިޔެވުމަށް ޕްލޭސްމަންޓް ލިބިފައި އޮންނަން ޖެހޭނެ ކަމަށެވެ. ސްކޮލާޝިޕް އާއި ބެހޭ މަޢުލޫމާތު ވިލާކޮޖެގު މާލޭގައި ހުންނަ ކިއު.އައި ކެމްޕަސް، ވިލާ ކޮލެޖުގެ ސޯޝިއަލް މީޑިއާ އަދި ވިލާ ކޮލޮޖުގެ ވެބްސައިޓުން ލިބެންހުނާނެއެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ16 ވަނަ ދުވަހު އެވެ. 2016 ވަނައަހަރު ވިލާ ކޮލެޖުން ތަޢާރްފް ކުރެވުނު މި ސްކޮލާޝިޕް ސްކީމްގެ ދަށުން މިހާތަނަށް 34 ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ވަނީ ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް