ސްކޭމް ކޯލްތަކާއި ޓެރަރިޒާއި ދެކޮޅަށް މާފުށީ ޖަލުގައި ސަލާމަތީ ބާރުތަކުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
މި އޮޕަރޭޝަން ކުރިޔަށް ގެންދަނީ ކަރެކްޝަނަލް ސާވިސް، ފުލުހުން އަދި ސިފައިން ގުޅިގެންނެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ފެށީ ފރޭގެ ވަގުތެއްގައި ކަމަށެވެ. އެއީ ކަރެކްޝަންސްގެ އެދުމުގެ މަތިން ކުރިޔަށް ގެންދާ އޮޕަރޭޝަނެއް ކަމަށް މައުލޫމާތުދެ އެވެ.
ކަރެކްޝަންސްއިން ބަލާ ފާސްކޮށްދިނުމަށް އެދުނީ މާފުށީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެންނެނެވެ. އެކަން ކަރެކްޝަންސްއިން ވަނީ ހާމަކޮށްފައި އެވެ.
މި އޮޕަޝަނާއި ގުޅޭ އިތުރު މައުލޫމާތު އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.
މިފަދަ އޮޮޕަރޭޝަނެއް ފަށާފައި މިވަނީ އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމަށް ސްކޭމް ކޯލުތަކާއި އެނޫންވެސް އަމަލުތައް ހިންގަނީ މާފުށީ ޖަލުގައި ތިބެގެނ ގައިދީންކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވަނިކޮށެވެ.
ފުލުހުންގެ ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ސްކޭމް ކޯލުތަކާއި ގުޅޭ 998 މައްސަލަ ހުށަހަޅާފައިވެ އެވެ. އަދި އެ މައްސަލަތަކުގައި 23 މިލިއަން ރުފިޔާގެ ގެއްލުން އެކި ފަރާތްތަކަށް ވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް