ބިސް ގެންގުޅުން މަނާ މީހާ، އަނެއްކާވެސް ކިންގް ޗާލްސް ގަޔަށް ބިސް އުކައިފި!

އިނގިރޭސިވިލާތުގެ ކިންގް ޗާލްސް ތިނެއްގެ ގަޔަށް އަނެއްކާވެސް ބިސް އުކައިފި އެވެ. މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުވެސް ޗާލްސް ގަޔަށް ޒުވާނަކު ބިސް ޖަހާފައިވެ އެވެ، އެއީ ތިމާވެށީގެ ރައްކާތެރި ކަމަށް އަހުލ...

07 Dec 2022 | 04:07

އިނގިރޭސިވިލާތުގެ ކިންގް ޗާލްސް ތިނެއްގެ ގަޔަށް އަނެއްކާވެސް ބިސް އުކައިފި އެވެ.

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުވެސް ޗާލްސް ގަޔަށް ޒުވާނަކު ބިސް ޖަހާފައިވެ އެވެ، އެއީ ތިމާވެށީގެ ރައްކާތެރި ކަމަށް އަހުލުވެރި ކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނަވައިގެން އުޅުއްވަނިކޮށެވެ.

ހަމަ އެމީހާ ދެ ވަނަ ފަހަރު ކިންގު ގަޔަށް ބިސް އުކީ ލުޓަންގައި އޮތް ހަރަކާތެއްގެ ތެރޭގައި އުޅުއްވަނިކޮށެވެ. މި މައްސަލައިގަ ހައްޔަރު ކުރި ޒުވާނާއަކީ23 އަހަރުގެ ޔުނިވާސިޓީ ދަރިވަރެކެވެ.

އިއްޔެގެ ހާދިސާގައި ބިސް ޖެހުމުން ސެކިއުރިޓީން ވަނީ ކިންގް ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައި އެވެ. އަދި ފުލުހުން ބިސް އުކިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ފަހުން ހައްޔަރު ކުރީ އެވެ.

ދެވަނަ ފަހަރަށް ބިސް ޖަހަން ޖެހުނު ސަބަބު އޭނާ އަދި ހާމައެއް ނުކުރެ އެވެ.

ފުރަތަމަ ފަހަރު ބިސްޖެހުމުން ފުލުހުންގެ އިދާރާއަށް ގެންގޮސް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލީ އާންމު ތަންތަނުގައި ބިސް ގެންގުޅުން މަނާކޮށްފައި އެވެ.

އެމީހާ ބުނީ ފުރަތަމަ ފަހަރު ބިސް ޖެހ ކިންގް ޗާލްސްއަކީ އިންޑިއާ އާއި އެފްރިކާއިން ވަގަށް ނަގާފައި ހުރި ގަހަނާއިން ހެދުން ހަދައިގެން ތުރުކުރައްވާފައި ހުންނަ ބޭފުޅެއް ކަމަށާއި އެފަދަ މީހަކަށް ޤައުމުގެ ހެވާއި ލާބައަށް އެއްވެސް މަސައްކަތެއް ކޮށްދެއްވޭނެ ކަމަށް ޤަބޫލު ނުކުރާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް