މިދިޔަ އަންގާރަ ދުވަހު، ސްކޫލު ކުއްޖެއްގެ ދަބަހެއް ވަގަށް ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެެސްފިއެވެ.
ފުލުހުންގެ މީޑިއާ ގްރޫޕުގައި ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ އެ ވައްކަން ހިނގީ އަންގާރަ ދުވަހުގެ ހެނދުނު 08:48 ހާއިރު އަމީރު އަހުމަދުމަގާއި ކަސްތޫރި ގޯޅި ހިމެނޭ ކަންމަތީގައި ކަމަށެވެ.
"ނޮވެންބަރު 5 ވަނަ ދުވަހުގެ 08:48 ހާއިރު އަމީރު އަހުމަދުމަގު / ކަސްތޫރި ގޯޅި ހިމެނޭ ކަންމަތީ ޕާކުކޮފައި ހުރި ސައިކަލެއްގައި ބަހައްޓާފައި އިން ސްކޫލް ދަބަހެއް ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ނ. ވެލިދޫ / ހިފާޒް، އަޙްމަދު މާޖިދު (33އ) މިއަދު ވަނީ ކޯޓު އަމުރުއްގެ ދަށުން ހައްޔަރުކޮށްފައި. އަދި އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ދަބަސް (އެތެރޭގައި ހުރި ތަކެއްޗާ އެކު) ވަނީ ހޯދައި ވެރިފަރާތާ ހަވާލުކޮށްފައި." ފުލުހުން ހާމަކުރި މެސެޖުގައި ވެއެވެ.
އެ ދަބަސް އޮތީ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބަހައްޓާފައި ކަމަށް ވެސް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނީ އެ ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ހިފާޒް، އަޙްމަދު މާޖިދު (33އ) ކަމަށެވެ.
އަދި އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ދަބަސް އޭގައި ހުރި ތަކެއްޗާއެކު ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
އަދި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް