ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވަނީ!؟

ޕޯޗުގަލް އާއި އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ދާން އުޅޭ ވާހަތައް އަނެއްކާވެސް މިވަނީ މީޑިއާގައި ގަދަވެފައިއެވެ، ރޮނާލްޑޯގެ އެންމެ އަރިސް އެއް ކޯޗު ރުބެން ...

07 Nov 2024 | 16:58

ޕޯޗުގަލް އާއި އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ދާން އުޅޭ ވާހަތައް އަނެއްކާވެސް މިވަނީ މީޑިއާގައި ގަދަވެފައިއެވެ،

ރޮނާލްޑޯގެ އެންމެ އަރިސް އެއް ކޯޗު ރުބެން އަމޯރިމް ޔުނައިޓެޑާއި ހަވާލުވުމަށް ތައްޔާރުވެފައިވާއިރު، ރޮނާލްޑޯ އަނެއްކާވެސް އެނބުރި ޔުނައިޓެޑަށް ހިނގައިދާނެ ކަމަށް ގިނަ މީޑިއާ ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

ޔުނައިޓެޑާއި މުޅިން އަލަށް ހަވާލުވުމަށް ތައްޔާރުވެފައިވާ އަމޯރިމް ގެ ސީދާ ބަހެއް މިކަމުގައި ނެތްނަމަވެސް، ނުސީދާކޮށް އޭނާ ވަނީ ރޮނާލްޑޯ ޔުނައީޓެޑަށް އައުމަށް ދައުވަތު ދީފައެވެ. އެހެނީ ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައި ނަމަ މަރުހަބާ ކިޔާނެ ކަމަށް އަމޯރިމް ބުނެފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަމޯރިމް އަކީ ރޮނާލްޑޯ އާއި އެކު ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމުގައި ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅެފައިވާ ފަރާތެކެވެ. އެހެން ކަމުން ރޮނާލްޑޯ އާއި އަމޯރިމްއާއި ދެމެދު ރަނގަޅު ގާތް ގުޅުމެއް އޮވެއެވެ.

ރޮނާލްޑޯ ވަނީ މީގެ ކުރިން ޔުނއިޓެޑަށް ކުޅެފައެވެ. އޭނާގެ މިހާރުގެ ކުލަބް އަލް ނަޞްރަށް ވެސް އޭނާ ބަދަލުވީ ޔުނއިޓެޑު ދޫކޮށްލުމަށް ފަހުގައެވެ. ރޮނާލްޑޯ 2022 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސް އިން ޔުނައިޓެޑަށް ބަދަލުވީ އޭރުގެ ޔުނައިޓެޑާއި ހަވާލުވެ ހުރި ޝޮލްޝެއާގެ ކޯޗުކަމުގައެވެ.

ސޮލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން އޭރު ނެރެމުން ދިޔަ ދައް ނަތީޖާތަކުގެ ސަބަބުން އޭނާ ޔުނައިޓެޑުގެ ކޯޗުކަމުން ވަކިކުރުމަށް ފަހު، ދެން ގެނައީ ރަންގްނިކް އެވެ. އޭގެފަހުން ޔުނައިޓެޑުގެ ކޯޗުކަމާއި އެރިކް ޓެން ހާގް ހާވަލުވިއެވެ. ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށް ދިޔައީ އެރިކް ޓެން ހާގް އާއި ޖެހުނު މައްސަލަތަކެއްގެ ސަބުންނެވެ.

އޭރު ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ބަދަލުވީ ސައުދީ ލީގުގެ އަލް ނަޞްރަށެވެ. ރޮނާލްްޑޯ އަންނަނީ އެ ކުލަބުގައިވެސް މޮޅު ކުޅުމެއް ދައްކަމުނެވެ. އެހެންކަމުން ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް