މެންޗެސްޓަރ ޔުނައިޓެޑާއި ހަވާލުވުމަށް ތައްޔާރުވެފައިވާ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ ހެޑް ކޯޗު ރުބެން އަމޯރީ އަދިމިހާތަނަށް ކުލަބުގެ އެއްވެސް ކަމަކަށް ނުޒޫޒުފޯރުވާފައި ނުވާކަމަށް މިވަގުތު ޔުނައިޓެޑުގެ ވަގުތީ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާ ވެން ނިސްޓެލްރޫއީ ބުނެފިއެވެ.
އަމޯރިމް ޔުނައިޓެޑުގެ ކުޅުންތެރިންނަށާއި ކުލަބުގެ ކަންކަމަށް ނުޒޫފު ފޯރުވާކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާ ވާހަކަތަކަށް ރައްދު ދެމުން ނިސްޓެލްރޫއީ ބުނީ މިވަގުތު ކުލަބުގެ އެންމެހާ ކަންކަމާއި ހަވާލުވެގެން ހުރީ އޭނާ ކަމަށާއި އެހެން ކަމުން ކުލަބުގެ އެއްވެސް ކަމަކަށް އަދި އަމޯރިމްގެ ނުފޫޒެއް ނެތްކަމަށެވެ.
" މީޑިއާ ތަކުގައި ފަތުރަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް. މެންޗެސްޓަރ ޔުނައިޓެޑުގެ ކުޅުންތެރިންގެ އެންމެހާ ކަންތަކާއި ކުލަބުގެ އެހެނިހެން ކަންކަމުގައިވެސް ގޮތްކިޔާ ކަންކަން ކުރަނީ އަހަރެން. އެއްވެސް މީހެއްގެ ނުފޫޒެއް އެކަމުގައި ނެތް. އަމޯރިމް ގެ އެއްވެސް ނުފޫޒެއް ކުޅުންޔތެރިންގެ މައްޗަކަށްވެސް އަދި ކުލަބުގެ މައްޗަކަށް ވެސް ނެތް." ނިސްޓެލް ރޫއީ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އަންނަ އާދިއްތަ ދުވަހާއި ހަމައަށް ޔުނައިޓެޑުގެ ކޯޗެއްގެ ގޮތުގައި ހުންނާނެ ކަމަށާއި އަމޯރިމް ރަސްމީކޮށް ކުލަބާއި ހަވާލުވާނީ އޭގެ ފަހުންކަމަށެވެ.
ޔުނައިޓެޑުން ނެރެމުންގެންދާ ދަށް ނަތީޖާތަކުގެ ސަބަބުން އެ ކުލަބުގެ ކޯޗުގެ މަގާމުގައި ހުރި އެރިކް ޓެން ހާގް މަގާމުން ވަކިކުރީ ނިމިގެން ދިޔަ ހފްތާގައެވެ. އަދި ރުބެން އަމޯރިމް ޔުނައިޓެޑުގެ ކޯޗުގެ މަގާމަށް ގެނއުމަށް ކުލަބުން ނިންމީ މީގެ ތިންވަރަކަށް ދުވަސް ކުރިންނެވެ. އަމޯރިމް ޔުނައިޓެޑާއި ރަސްމީކޮށް ހަވާލުވާނީ އަންނަ އާދިއްތަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް