އެމްޑީޕީއާއެކު ކޯލީޝަނެއް ހެދުމަކީ ވާނެކަމެއް ނޫން ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވައި، އެ ޕްރޮގްރާމްގެ ހޯސްޓް އާމިރު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އާމިރުގެ ސުވާލުގައި އެއްސެވީ، އެމްޑީޕީއާއެކު ކޯލިޝަނެއްގަ މަސައްކަތް ކުރައްވަފާނަންތޯ؟ އެވެ.
ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.
"އެންމެ ފުރަތަމަ ކަމަކީ އަޅުގަނޑުމެންގެ އައިޑިއޮލޮޖީއާ އެ ބޭފުޅުންގެ އައިޑިއޮލޮޖީ ތަފާތު، ވަރަށް ތަފާތު" ރައީސް ޔާމީން ވިދާޅުވިއެވެ.
އިތުރަށް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ކުރި ހުރިހާ ޖެއްސުމަކާ ގޯނާއެއް ކުރީ އެމްޑީޕީ ސަރުކާރުން ކަމަށެވެ.
"ކީއްކުރަންތޯ އެމީހުންނާއެކީ ކުރިއަށްދާންވީ، އެއްގޮތަކަށްވެސް، އެއްވެސް އިރެއްގަ ހިޔާލެއް ނެތް" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީއާއެކުގައިވެސް ވާހަކަދެއްކިދާނެ ކަމަށާއި އެހެންނަމަވެސް އެގްރީމަންޓެއް ހަދައިގެން، ސިޔާސީ މަސައްކަތްތަކެއްކޮށްގެން މި ސަރުކާރު ވައްޓާލަން، ނޫނީ ސަރުކާރަށް ދެރަދޭން އެމްޑީޕީއާއެކު ކުރިއަށްދާން ބޭނުންފުޅުވެނުލައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް