އާއްމުންގެ މެދުގައި ވެސް މަގުބޫލު ރިއަލިޓީ ޝޯއެއް ކަމަށްވާ "ޝާކް ޓޭންކްސް"ގެ 16 ވަނަ ސީޒަން މިއަދު ހިޓްސް ނައު ޗެނަލުގައި ޕްރިމިއާ ކުރާނެ އެވެ.
"ޝާކް ޓޭންކްސް"އަކީ އެ ޝޯގެ ބައިވެރިން ވާދަވެރި މާހައުލެއްގައި ވިޔަފާރީގެ މަޝްވަރާތައްކޮށް އެންމެ ރަނގަޅު ހިޔާލެއް ގެންނަ ފަރާތެއް މޮޅުވާ ގޮތަށް ފަރުމާ ކުރެވިފައިވާ ރިއަލިޓީ ޝޯ އެކެވެ. މި ޝޯގެ މިފަހަރުގެ ސީޒަނުގައި ވެސް އާ ހިޔާލުތަކާއި އާ މޫނުތަކުގެ އިތުރުން ބެލުންތެރިން ބަލާހިތްވާނެ ފަދަ މަޝްވަރާތައް ފެނިގެންދާނެ އެވެ.
އެ ޝޯގެ 15 ސީޒަން މިހާތަނަށް ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާއިރު އެއިން ކޮންމެ ސީޒަނެއްގައި ވެސް ބައިވެރިންނަށް ތަނަވަސް ފުރުސަތުތަކެއް ފަހިވެގެންދިޔަ އެވެ. އަދި މި ޝޯ އަކީ ޝޯ ބަލާ ބެލުންތެރިންނަށް ވެސް ވިޔަފާރީގެ ފުރުސަތުތައް ތަނަވަސް ކުރަން ހިޔާލުތައް ލިބިގެންދާ ޝޯއެކެވެ.
މިއަދުން ފެށިގެން ކޮންމެ ބުރާސްފަތި ދުވަހެއްގެ ހަވީރު 05:00ގައި މީޑިއާނެޓްގެ ޗެނަލް "ހިޓްސް ނައު"އިން މި ޝޯ ދުރަށް ދައްކާނެ އެވެ. މި ސީޒަން މިހާރު ވަނީ އެމެރިކާގައި ދައްކަން ފަށާފައިއެވެ. އެގޮތުން, ފާހަގަކޮށްލަން ޖެހޭ ކަމަކީ މީޑިއާނެޓުގެ ހިޓްސް ނައު ޗެނަލްގައި މި ޱސީޒަން ދައްކަން މި ފަށަނީ އެމެރިކާއާ ދާދި އެއްކޮށެވެ.
މީޑިއާނެޓަކީ މުނިފޫހި ފިލުވުމުގެ ދުނިޔެ ދިވެހިންނާއި ހަމައަށް ގެނެސްދިނުމުގައި ފާއިތުވި 19 އަހަރު އެންމެ ގާތް އެކުވެރިއެއް ގޮތުގައި މަސައްކަތްކުރަމުން އަންނަ ފަރާތެވެ. ދިވެހި، ހިންދީ، އިނގިރޭސި އަދި އެހެނިހެން ބަސްތަކުގެ ޝޯވްތަކުގެ އިތުރުން ކުޅިވަރުގެ ތަފާތު އެކި ރަހަތަކުގެ ކޮންޓެންޓް ގެނެސްދޭ ޗެނަލްތައް މީޑިއާނެޓުންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޓީވީ އަދި މޯބައިލް ސްރީންތަކާއި ހިސާބަށް ގެނެސްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް