ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެން މަދުވަނީ އެމްޑީޕީގެ ޕޯޑިއަމް އެކަނި ކަމުގައި ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ރައީސް ޔާމީން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާފައިވާއިރު އެކަމާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ޝުޖާއު ވިދާޅުވެފައިވަނީ ޤައުމަށްޓަކައި ޔާމީން ޖަލުގައި ބަހައްޓަންޖެހޭކަމަށްބުނެ ތަފާތު ރިޕޯޓްތައް ގެނެސްދިން އެމްޑީޕީގެ ޓީވީގައި އެ އިންނެވީ ރައީސް ޔާމީން ކަމަށާއި ދެން މަދުވަނީ އެމްޑީޕީގެ ޕޯޑިއަމްގައި ދެއަތަށް ދެ ތިލަފަތް ލައިގެންހުރެ ވާހަކަދެއްކެވުން އެކަނި ކަމަށެވެ. އޭރުން މާ ސަޅިވާނެ ކަމުގައިވެސް ޝުޖާއު ވިދާޅުވެފައިވެއެވެ.
ޤައުމަށް ޓަކައި ޔާމީން ޖަލުގައި ބަހައްޓަން ޖެހޭ ކަމަށް ބުނެ ތަފާތު ރިޕޯޓްތައް ގެނެސްދިން MDP ގެ ޓީވީގައި ރައީސް ޔާމީން. ދެން މަދީ MDP ޕޯޑިއަމްގައި ދެއަތަށް ދެތިލަފަތް ލައިގެންހުރެވާހަކަ ދެއްކެވުން އެކަނި.އޭރުން މާސަޅިވާނެ?
— Ibrahim Shujau (@IbrahimShujaau) November 6, 2024
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް