އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
މީޑިއާ ރިޕޯޓްތައްބުނާގޮތުގައި ނެހާ ރާއްޖެ އައިސްފައިވަނީ އޭނާގެ ފިރިމީހާއާއި އާއިލާގެ ބައެއް މެންބަރުންނާއި އެކުގައެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ޝިޔާމް އިރުފުށި ރިސޯޓްގައެވެ.
ނިހާ ކައްކަރަކީ އިންޑިއާގައި މިހާރު އެންމެ މަގްބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. އިންޑިއަން އައިޑޮލް މުބާރާތުގެ ސީޒަނަކުން އެއްވަނަ ހޯދައި މިއުޒިކް އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ނެހާ އަންނަނީ ބޮލީވުޑްގެ ގިނަ ފިލްމުތަކަކަށް ލަވަތައް ރެކޯޑު ކުރަމުންނެވެ. އަދި އިންޑިއާގެ ލަވަކިޔުމުގެ ބޮޑެތި މުބާރާތްތަކުގައި ނެހާ އަންނަނީ ފަނޑިޔާރުކަންވެސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް