30 ނޮވެންބަރުގެ ކުރިން ދިރާގުގެ 'ވިން އަ ޓެސްލާ ޕްރޮމޯޝަން' ގައި ބައިވެރެގެން ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ދެގުނަކޮށްލެވޭނެއެވެ.
ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި މި ކުލަގަދަ ޕްރޮމޯޝަނާއެކު ދިރާގު ޕޯސްޓްޕެއިޑް 450 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖްތަކަށް 31 ޖަނަވަރީ 2024ގެ ކުރިން ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެންމެ ޒަމާނީ، އިލެކްޓްރިކް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި 30 ނޮވެންބަރުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ދެގުނަ ކޮށްލެވޭނެއެވެ.
މި ޕ ޕްރޮމޯޝަންގައި ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް އެފަރާތްތަކުގެ ޝަރުތުފުރިހަމަވާ ހުރިހާ ނަންބަރުތަކެއް ލުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އަދި 30 ނޮވެންބަރުގެ ކުރިން ބައިވެރިވާ ކޮންމެ ނަންބަރެއް ދެގުނަ ކުރެވިގެންދާނެއެވެ.
މި ޕްރޮމޯޝަނަކީ އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ހަލުވި ނެޓްވަރކް ތަޖުރިބާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެގޮތުން ދިރާގުގެ ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ ކަސްޓަމަރުންނަށް އެފަރާތްތަށް އެކި ބޭނުންތައް ފުއްދުމަށް، ތަފާތު ސްޕީޑްތަކާއި އެލަވަންސްތަކާއި އަގުތަކުގައި ފަރުމާކުރެވިފައިވާ ޕެކޭޖްތަކެކެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް
ދިރާގުގެ 35ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް