އާންމުންގެ އިތުރު ފުރާނައެއް ގެއްލިއްޖެނަމަ ނަތީޖާ ހިތިވާނެ: ލުބުނާނު

އިސްރާއީލުގެ ހަމަލާއެއްގައި އާންމު ރައްޔިތެއްގެ އިތުރު ފުރާނައެއް ގެއްލިއްޖެނަމަ ނަތީޖާ ހިތިވާނެ ކަމުގައި ލުބުނާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ބުނެފިއެވެ. މި އިންޒާރު ދީފައިވަނީ އަލީ ފައްޔާދެވ...

07 Nov 2023 | 15:30

އިސްރާއީލުގެ ހަމަލާއެއްގައި އާންމު ރައްޔިތެއްގެ އިތުރު ފުރާނައެއް ގެއްލިއްޖެނަމަ ނަތީޖާ ހިތިވާނެ ކަމުގައި ލުބުނާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ބުނެފިއެވެ.

މި އިންޒާރު ދީފައިވަނީ އަލީ ފައްޔާދެވެ. އޭނާއަކީ ހިސްބުﷲ އަށް ނިސްބަތްވާ މެންބަރެކެވެ. ފައްޔާދު މި އިންޒާރު ދީފައިވަނީ އިސްރާއީލުގެ ހަމަލާގައި ދުނިޔެ ދޫކުރި ކުޑަ ތިން އަންހެން ކުދިންނާއި އެ ކުދިންގެ މާމަގެ ޖަނާޒާ ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.

ފައްޔާދު ބުނެފައިވަނީ އިސްރާއީލުގެ އިތުރު ހަމަލާއެއްގައި އާންމުންގެ އިތުރު މީހަކު މަރުވެއްޖެނަމަ މިހާތަނަށް މި މަސްރަހުގައި އިސްރާއީލުން މަރުވެފައިވާ މީހުންގެ އަދަދު ދެގުނަ ކޮށްލާނެ ކަމަށެވެ.

ހިޒްބުﷲ އަށް ނިސްބަތްވާ މެންބަރަކު މިހެން ބުނެފައިވާއިރު ހިޒްބުﷲ އިން އަންނަނީ އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ދުވަހުން ފެށިގެން ލުބުނާނު ބޯޑަރު ފަޅިން ހުއްޓުމެއްނެތި އިސްރާއީލަށް ހަމަލާތައް ދެމުންނެވެ.

އެ ހަމަލާތައް އަދި މާ ވަރުގަދަ ނޫންނަމަވެސް ހިސްބުﷲއިން ބުނަނީ އެއީ ޣައްޒާއަށް އިސްރާއީލު ފައުޖުތައް އަރައިގަތުމަށް ހިސްބުﷲ އިން އަޅާ ހުރަހެއް ކަމަށެވެ. އެގޮތުން އިސްރާއީލުގެ އަސްކަރީ ބާރުގެ ތިން ބައިކުޅަ އެއްބައި ލުބުނާނު ފަޅީގައި ތާށިކޮށްފައި ބޭއްވުމަކީ ހިސްބުﷲ ގެ ވަގުތީ އަމާޒު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް