އަންނަ އަހަރު ވިލާ ކޮލެޖުން ހިންގާ 139 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފި

ވިލާ ކޮލެޖުން އަންނަ ޖެނުއަރީ އިންޓޭކްގައި ކުރިޔަށް ގެންދާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ވިލާ ކޮލެޖުން ބުނީ ޖެނުއަރީ އިންޓޭކްގައި 139 ކޯހެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ....

07 Nov 2022 | 18:59

ވިލާ ކޮލެޖުން އަންނަ ޖެނުއަރީ އިންޓޭކްގައި ކުރިޔަށް ގެންދާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން ބުނީ ޖެނުއަރީ އިންޓޭކްގައި 139 ކޯހެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ފާހަގަ ކޮށްލެވޭ ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިކޮނޮމިކްސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، އޭވިއޭޝަން މެނޭޖްމަންޓް، ހިއުމަން ރިސޯސް، އެކައުންޓިންގ އަދިި ޕަބްލިކް ހެލްތް، ރިސާޗްގެ އިތުރުން މެރިން ސްޓަޑީސް، ގްރެފިކްސް ޑިޒައިނިން، އާއި ނާސިން، އިންޖިނިއަރިން ހިމެނެ އެވެ.

މީގެ ތެރޭގައި މާސްޓާސް ފެންވަރުގެ 16 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ ނުވާ ކޯސް ހިމެނެ އެވެ. އަދި ޑިގްރީ ފެންވަރުގެ 38 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 29 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯސް ހިމެނެ އެވެ. މީގެ އިތުރުން ސެޓްފިކެޓް ތިނެއް ފެންވަރުގެ 16 ކޯހެއް ހިމެނެ އެވެ.

ވިލާ ކޮލެޖުން ބުނީ މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެ ކޮލެޖުގެ ބޭނުން ކެމްޕަހެއް ހިޔާރު ކުރުމުގެ ފުރުސަތު ޖާގަ ހުރިވަރަކުން ދޭނެ ކަމަށެވެ. އެ ކޮލެޖުގެ ހަތް ކެމްޕަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރެ އެވެ.

އެއީ މާލޭ ކިއުއައި ކެމްޕަސް، އައްޑޫ ހިތަދޫ ކެމްޕަސް، ނައިފަރު ކެމްޕަސް، ކުޅުދުއްފުށީ ކެމްޕަސް އެވެ. ދެން އެ ކޮލެޖުގެ ކެމްޕަސްތަކަކީ ށ. ފުނަދޫގައި ހުންނަ ވިލާ ކޮލެޖުގެ ލޭކް ސައިޑް ކެމްޕަހާއި ލ. ގަން ކެމްޕަސް އަދި މަހިބަދޫ ކެމްޕަހެވެ.

އެ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ އެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް