ދުންފަތް އިޝްތިހާރު ނުކުރަން އަންގާފައި ވަނިކޮށް، ޝިފާގެ ނެނޯ ސްޓިކްސް އިސްތިހާރު !

މީސް މީޑިއާގައި ދުންފަތް އިޝްތިހާރު ކުރުން އާންމުވެފައިވާތީ، އެއީ މަނާ ކަމެއްކަން އަންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަޔާނެއް ނެރެފައި ވަނިކޮށް ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ސްޓާ މަރިޔ...

07 Nov 2022 | 18:10

މީސް މީޑިއާގައި ދުންފަތް އިޝްތިހާރު ކުރުން އާންމުވެފައިވާތީ، އެއީ މަނާ ކަމެއްކަން އަންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަޔާނެއް ނެރެފައި ވަނިކޮށް ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ސްޓާ މަރިޔަމް ޝިފާ މިއަދު ދުންފަތުގެ އިސްތިއުމާލު ކުރާ ފޮޓޯތަކެއް އާންމުކޮށްފިއެވެ.

ޝިފާގެ އިންސްޓަގްރާމް އެކަންޓުން މިއަދު އޭނާ ވަނީ ނެނޯ ސްޓިކަކުން އޭނާ ދުންފަތުގެ އިސްތިއުމާލު ކުރަން ހުރި ތިން ފޮޓޯއެއް އިޝްތިހާރު ކޮށްފައެވެ. އޭގެން އެއް ފޮޓޯގަނޑުގައި އޭނާ ނެނޯ ސްޓިކް ގަތް ތަން ކަމަށް ބެލެވޭ ޕޭޖުގެ ނަން ވެސް ކެޕްޝަންގައި ޖަހާފައިވެއެވެ.

ޝިފާގެ ފޮޓޯއެއް މިފަދައިން އާންމުވެފައިވާއިރު މިދިޔަ މަހުގެ 31 ވަނަ ދުވަހު އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުންފަތުގެ ބާވަތްތަކާއި ދުންފަތުގެ ވިޔަފާރި އާއި ދުންފަތުގެ އިސްތިއުމާލުކުރުން އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަންކަން ކަމަށެވެ.

އެގޮތުން އެޗްޕީއޭގެ އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ޕްރޮމޯޓު ކުރާ އެފަދަ ބައެއް އިޝްތިހާރުތަކުގައި ދުންފަތުގެ ބާވަތްތަކުގައި ދުންފަތް ނުހިމެނޭ ކަމަށާއި ދުންފަތުގެ އެއް ބާވަތެއް އަނެއް ބާވަތަށް ވުރެ ރައްކާތެރިކަމާ އަދި އެ އިން ލިބޭ ސިއްހީ ގެއްލުން ކުޑަކަމަށް ނުވަތަ ގެއްލުމެއް ނުވާ ކަމަށް ބުނެ ހަގީގަތާ ހިލާފު މައުލޫމާތުތައް ވެސް ހިމަނާފައި ހުންނަ ކަމަށެވެ.

އެހެންކަމުން އެއްވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލު ކުރުމެއް އިޝްތިހާރު ނުކުރުމަށާއި އެއީ މަނާ ކަމެއް ކަމުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް