އުރީދޫ ފުޓްބޯޅަ ފޯރީގައި ގަތަރަށް ދާނެ ނަސީބުވެރިން މިރޭ އެނގިގެންދާނެ

ޤަތަރުގައި މި އަހަރު ކުރިއަށްދާ ވޯލްޑް ކަޕްގެ ފޯރިގަދަ ސެމީ ފައިނަލް ބަލައިލުމަށް އެ ޤައުމަށް ދިޔުމުގެ ފުރުސަތު ލިބޭ ހަތަރު ފަރާތް މިރޭ އެނގިގެން ދާނެ ކަމަށް އުރީދޫން ބުނެފިއެވެ. މިކަން އިއުލާނު ކުރަމ...

07 Nov 2022 | 12:58

ޤަތަރުގައި މި އަހަރު ކުރިއަށްދާ ވޯލްޑް ކަޕްގެ ފޯރިގަދަ ސެމީ ފައިނަލް ބަލައިލުމަށް އެ ޤައުމަށް ދިޔުމުގެ ފުރުސަތު ލިބޭ ހަތަރު ފަރާތް މިރޭ އެނގިގެން ދާނެ ކަމަށް އުރީދޫން ބުނެފިއެވެ.

މިކަން އިއުލާނު ކުރަމުން އުރީދޫން މިއަދު ކުރި ޓްވީޓެއްގައި ބުނީ އުރީދޫން ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން އޮންނާނީ މިރޭ 11:00 ގައި ކަމަށެވެ. އަދި އެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން ރާއްޖެޓީވީން ވަގުތުން ދައްކާނެ ކަމަށް ވެސް އުރީދޫން ބުނެފައިވެއެވެ.

އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ބޭއްވި މި ޕްރޮމޯޝަނުން ހޮވޭ ހަތަރު ނަސީބުވެރިންނަށް ޤަތަރަށް ދިޔުމުގެ ދެކޮޅު ޓިކެޓާއި ހުރުމުގެ އިތުރުން ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗު ބަލައިލަން ދަނޑަށް ވަންނަން ޓިކެޓު ދިނުމަށް ހަމަޖެހިފައިވެއެވެ.

https://twitter.com/OoredooMaldives/status/1589522926835228672?s=20&t=lPasiJu1_j-k8Ko25yiKgQ

މިއީ ފުޓުބޯޅައަށް އޮންނަ ފޯރި އުރީދޫ ކަސްޓަމަރުންގެ މެދުގައި ވެސް އިތުރު ކުރުމަށް ފެށި ޕްރޮމޯޝަނެއް ކަމަށް އުރީދޫން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް