ދޫނިދޫ ޖަލަށް ވަގަށް ފޯނު ވައްދަން އުޅުނު ފުލުހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ފަސް މަހާއި 19 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
މި ހުކުމް އައިސްފައިވަނީ ލ. ދަނބިދޫ ނާއިސް، އަނަސް އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ހުކުމް އައީ ޖުލައި 2020 ގައި ދޫނިދޫ ޖަލަށް ފޯނު ވައްދަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އޭނާގެ ހަށިގަނޑު ފާސް ކުރިއިރު ޖީބުންނާއި އޭނާގެ އަލަމާރި ތެރެއިން ފޯނާއި ސިމް ކާޑާއި ޖަލަށް ތަކެތި ވެއްދުމަށް ލިޔެފައިވާ 18 ކަރުދާސް ނޯޓު ފެނިފައިވާތީއެވެ.
އަނަސްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ އިއްވި އެ ހުކުމުގައި ވަނީ އަނަސް އެ ދައުވާއަށް އިންކާރު ކުރިޔަސް، ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން އެދުނަސް، އޭނާ ކުށްކުރީ ފުލުހެއްގެ ގޮތުގައި ހުރެ ކަމަށް ވާތީ ޖޫރިމަނާއަކަށް ބަދަލުކޮށްފި ނަމަ އެއީ އެފަދަ ކުށްކުރަން ދެވޭ ހިތްވަރަކަށް ވާނެތީ ޖޫރިމަނާއަކަށް ބަދަލު ކުރެވެން ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް