ކޯޓު އަމުރެއް ނެރުމުގައި އަމަލު ކުރި ގޮތުން މެޖިސްޓްރޭޓް ނިހާނާމެދު ފިޔަވަޅު އަޅަނީ

ކޯޓު އަމުރެއް ނެރުމުގައި އަމަލު ކުރި ގޮތުން އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙުމަދު ނިހާންއާ މެދު ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން ބުނީ...

07 Nov 2022 | 11:27

ކޯޓު އަމުރެއް ނެރުމުގައި އަމަލު ކުރި ގޮތުން އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙުމަދު ނިހާންއާ މެދު ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް ނިހާނަށް ފިޔަވަޅު އަޅަން ނިންމީ ފުލުހުންގެ ބަޔަކު އާންމުންގެ މީހަކު ގޮވައިގެން މާމިގިލީ ކޯޓަށް ގޮސް ކޯޓު އަމުރެއް ހޯދަން މަސައްކަތް ކުރިއިރު އާންމު މީހާއަށް އެ އަމުރާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިވާތީ ކަމަށެވެ.

ޖޭއެސްސީން ބުނީ އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަޑާ ޚިލާފު ކަމެއް ކަމަށް ވާތީ، ކަމަށްވާތީ ސުލޫކީ ފިޔަވަޅެއްގެ ގޮތުން، ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ރައީސް ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން އަމުރެއް ނެރެން އުޅުނު ކަމަށް ބުނެ މެޖިސްޓްރޭޓް ނިހާން 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރިން ހުކުމްކުރި އެވެ. އޭރު އޭނާ ޖަލަށްލީ ކ. މާފުށީ ކޯޓުގެ ނަމުގައި އަމުރެއް ނެރެން އުޅުނު ކަމަށް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް