ރ. އުނގޫފާރު ބަނދަރުގެ ނެރު ބަދަލުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެކުންފުނިން ބުނީ އަމަލީ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 41,980 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 162 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ މިއަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު އެވެ. މަސައްކަތް ނިންމަން ޖެހެނީ 210 ދުވަހުގެ ތެރޭގައި އެވެ.
މި މަޝްރޫޢަކީ 18.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް