ކޯވިޑް ކޭސްތައް މަޑުމަޑުން މައްޗަށް، 25 މީހުން އެޑްމިޓްކޮށްފައި

ކޯވިޑް ޖެހޭ މީހުންގެ އަދަދު މަޑުމަޑުން މައްޗަށްދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުން ދައްކައިފި އެވެ. އެޗްޕީއޭއިން މިއަދު އާންމު ކުރި މައުލޫމާތުތަކުގައިވާގޮތުން މިދިޔަ މ...

07 Nov 2022 | 10:49

ކޯވިޑް ޖެހޭ މީހުންގެ އަދަދު މަޑުމަޑުން މައްޗަށްދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި މައުލޫމާތުތަކުގައިވާގޮތުން މިދިޔަ މަހުގެ30ން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް90 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ކުރީ ހަފްތާގައި ބަލި ޖެހިފައިވަނީ84 މީހުންނަށެވެ.

މިދިޔ ހަފްތާގައި އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހުނީ ރިސޯޓުތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން45 މީހުންނަށެވެ. މާލެއިން43 މީހުންނަށް ބަލި ޖެހުނު އިރު އަތޮޅުތެރެއިން ބަލި ޖެހުނީ އެންމެ ދެ މީހުންނަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާޞު ދައްކާގޮތުން މިމަހުގެ ފަސް ވަނަ ދުވަހު އެޑްމިޓް ކޮށްގެން25 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ކުރީ ހަފްތާ ނިމުނު އިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔައީ16 މީހުންނަށެވެ.

އަދި މިދިޔަ ހަފްތާގައި ބަލީގައި މީހަކުވެސް މަރުވެފައިވެ އެވެ. މިއާއި އެކު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ309ށް އަރާފައި އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް ކޭސްއެއް ފެނުނީ މާޗް ހަތެއް2020 ވަނަ އަހަރު އެވެ. އޭގެ ފަހުން މިމަހުގެ ފަހަކާއި ހަމައަށް185،454 މީހުންނަށް ވަނީ ބަލިޖެހިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް