ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: ސްވިޒަލެންޑް (ގުރޫޕް ޖީ)

ބައްރު: ޔޫރަޕް ފީފާ ރޭންކިން: 15 މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 11 ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1934 އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018 ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ކުއާޓާ ފައިނ...

07 Nov 2022 | 09:44

ބައްރު: ޔޫރަޕް

ފީފާ ރޭންކިން: 15

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 11

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1934

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ކުއާޓާ ފައިނަލް 1934، 1938، 1954

ކޯޗު

ނަން: މުރާތު ޔާކިން

ގައުމު: ސްވިޒަލެންޑް

އުމުރު: 48 އަހަރު

އުފަންތާރީޚް: 15 ސެޕްޓެމްބަރ 1974

ޓީމާ ހަވާލުވީ: 2021 ވަނަ އަހަރު

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކޯޗު ޔާކިން އަކީ ގިނަ ދުވަސްތަކެއް ވާންދެން އެފްސީ ބަސެލް އަށް ކުޅުނު އަދި ގައުމީ ޓީމަށް 49 މެޗު ކުޅެފައިވާ ސްވިޒަލެންޑްގެ ކުރީގެ ސެންޓަރ ބެކެކެވެ. ކްލަބް ކެރިއަރުގައި ސްވިސް ލީގު 5 ފަހަރު ހޯދިއިރު، 2002-03 ގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖަށް ބަސެލް ކޮލިފައިކޮށްދިނުމަށް ޕްލޭ-އޮފްގެ 2 ވަނަ ލެގުގައި ޔާކިން ލަނޑު ޖެހިއެވެ. އޭނާ އެ މެޗު ފާހަގަކުރަނީ އޭނާގެ "މެޗު އޮފް ލައިފް" ގެ ގޮތުގައެވެ.

ޔާކިން ކޯޗިން ކެރިއަރު ފެށީ 2007 ވަނަ އަހަރު ގްރާސްހޮޕާ އިން އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ގިނަ ކްލަބްތަކަކަށް ކޯޗުކަން ކޮށްދިނުމަށްފަހު، ސްވިޒަލެންޑްގެ ގައުމީ ޓީމާ ހަވާލުވީ 9 އޮގަސްޓް 2021 ގައެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ސްވިޒަލެންޑްގެ ގައުމީ ޓީމު 15 މެޗު ކުޅެފައިވާއިރު، އެވްރެޖްކޮށް މެޗަކަށް ޖެހޭ ޕޮއިންޓްގެ އަދަދަކީ 1.67 އެވެ.

މުހިންމު ކުޅުންތެރިން:

ގްރާނިޓް ޝާކާ

އުމުރުން 30 އަހަރުގެ ސެންޓްރަލް މިޑްފީލްޑަރ ޝާކާ މިހާރު ކުޅެމުން އަންނަނީ އިނގިރޭސި ކްލަބް އާސެނަލް އަށެވެ. އަޑިގުޑަން ތަކަކަށްފަހު، މި ސީޒަންގައި އާސެނަލްއާއެކު އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަންގައި އާސެނަލްއަށް ލީގުގައި ކުޅެދިން 13 މެޗުން އޭނާ ވަނީ 3 ލަނޑު ޖަހާ 3 އެސިސްޓް ވެސް ހަދާފައެވެ. ޔުރޮޕާ ލީގުގައި ކުޅުނު 5 މެޗުން 1 ލަނޑު ޖަހާފައިވެއެވެ. '

ސްވިޒަލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް 104 މެޗު ކުޅެ، 12 ލަނޑު ޖަހާފައިވާ ހުނަރުވެރި ޝާކާ އަކީ ސްވިޒަލެންޑްގެ ކެޕްޓަނެވެ. އަދި ހަމައެހެންމެ މި ފަހަރުގެ ވޯލްޑް ކަޕްގައި ސްވިޒަލެންޑްގެ ގައުމީ ޓީމުން ފެނިގެންދާނެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ވެސްމެއެވެ. ދަނޑު މަތީގައި އެގްރެސިވް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ، އަދި ޑިފެންސް ލައިން ބްރޭކްކޮށްލުމަށް މޮޅު ޕާސްތައްލާ ޝާކާ ވެގެންދާނީ ސްވިޒަލެންޑުން ވޯލްޑްކަޕްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުރާ އުންމީދުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށެވެ.

ޔާން ސޮމާ

އުމުރުން 33 އަހަރުގެ ޔާން ސޮމާ އަކީ ސްވިޒަލެންޑްގެ އެއް ނަންބަރު ގޯލްކީޕަރެވެ. އޭނާއަކީ ސްވިޒަލެންޑްގެ ދިފާއީ ބާރެވެ. ޕެނަލްޓީ ހުއްޓުވުމުގައި ހުނަރުވެރި ޔާން ސޮމާގެ ކުޅުން ކްލަބާއި ގައުމީ ޓީމުގައި ވެސް ވަރަށް މޮޅެވެ. ޖަރުމަނުގެ މޮންޗެންގްލަޑްބެޗް އަށް މި ސީޒަންގައި އޭނާ ކުޅުނު 10 މެޗުގެ ތެރެއިން 3 މެޗެއް ނިންމާލީ ބައިކޮޅަށް ލަނޑެއް ވަނަނުދީއެވެ.

2012 ވަނަ އަހަރު ފުރަތަމަ ފަހަރަށް ސްވިޒަލެންޑްގެ ސީނިއާ ޓީމުން ޖާގަ ލިބުނު ޔާން ސޮމާ މިހާތަނަށް ވަނީ ގައުމީ ޓީމަށް 76 މެޗު ކުޅެފައެވެ. މި ވަގުތު އިންޖަރީއެއްގައި ހުރި ސޮމާ، ވޯލްޑްކަޕްގެ ކުރިން އަނިޔާއިން ސަލާމަތްވެގެން އަހިސް ފިޓްވުމަކީ ސްވިޒަލެންޑަށް ވަރަށް ވެސް މުހިންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް