މިދިޔަ ހޮނިހިރު ދުވަހު އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ ދާއިރާތަކުގެ އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށްފި އެވެ.
މި ތުހުމަތު ކުރެއްވީ ވިލިމާލެ ދާއިރާ އަށް ވާދަކުރެއްވި ޖޭއެސްސީގެ ކުރީގެ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް). އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެ އިންތިހާބުގައި ވިލިމާލޭ ދާއިރާގެ ވޯޓު ފޮއްޓަށް ވަނީ އިތުރަށް ވޯޓު އަޅާފައި އެވެ.
ސަލީމް ޕީޕީއެމް ލީޑާޝިޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިތުރަށް ވޯޓު ކަރުދާސް އެޅީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެގެން ކަަމަށް ބުނެ ކަމަށެވެ. މިކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު ބައިވެރުވުން ވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ބުނީ އިތުރ ވޯޓު ކަރުދާސް އެޅި ކަމަށް އެ ބޭފުޅުން އޭނާ ކައިރީ އެއްބަސްވެފައިވާ ކަމަށެވެ.
ޕީޕީއެމްއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް