މަސްދަރު ހާމަ ކުރުމާބެހޭ އިސްލާހު ދިރާސާކޮށް ހެއްކާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި އިސްލާހަށް މަޖިލިސް ތަޅުމުގައި ބަހުސްކޮށް މިއަދު ނިންމުމަށްފަހު، ބިލު ބަލައިގަތުމަށް ވޯޓަށް އެހުމުން ބިލު ބަލައިގެންފައިވަނީ 56 މެމްބަރުންގެ ވޯޓާއެކުގައެވެ.
މަސްދަރު ހާމަ ކުރުމާ ގުޅޭ އިސްލާހު ދިރާސާ ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މިހާރު ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމެވެ.
ބިލު ހުށަހަޅުއްވަމުން ވިސާމު ވިދާޅުވީ ސަރުކާރުގެ ފަރާތުން އެ ބިލަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތް ގޮތުން ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.
މަސްދަރު ހާމަ ކުރުމާބެހޭ މި އިސްލާހުގައިވާ ގޮތުގައި ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއްގެ ދައުވާއަކާ ގުޅޭ ޝަރީއަތެއްގައި ނޫސްވެރިޔަކަށް މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭނެ މައުލޫމާތެއް ހާމަކުރުމަށް ނޫސްވެރިޔާއަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނަށް މަޖުބޫރުކުރަން ޖެހޭ ހާލަތެއްގައި އެފަދަ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލަށް ހައިކޯޓަށް ހުށަހެޅިދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް