ޖޭޕީއަށް ސޮއި ކުރިތާ ދެ މަސް ނުވަނީސް ނިޝާ އެމްޑީޕީއަށް!

ކުރީގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް ނިޝާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކޮށްފިއެވެ. ނިޝާ އެމްޑީޕީއަށް ސޮއި ކޮށްފައިވާކަން ހާމަކޮށްފައި ވަނީ އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބް އިބްރާހީމް ވަހީދު...

07 Nov 2022 | 08:25

ކުރީގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް ނިޝާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ނިޝާ އެމްޑީޕީއަށް ސޮއި ކޮށްފައިވާކަން ހާމަކޮށްފައި ވަނީ އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބް އިބްރާހީމް ވަހީދު ކުރެއްވި ޓްވީޓެއްގައެވެ.

އިބްރާހީމް ވަހީދު ވަނީ ނިޝާގެ މެންބަޝިޕް ފޯމާ ހަވާލުވެ އެ ފޮޓޯ ޓްވީޓާގައި ހިއްސާކޮށްފައި އެވެ. އަދި އެޕާޓީ އާއި ގުޅުމުން ނިޝާއަށް މަރުހަބާ ކިޔާފައެވެ.

ނިޝާ އެމްޑީޕީއަށް ސޮއި ކުރި ވަކި ތާރީހެއް ހާމަކޮށްފައި ނުވާއިރު، އެމްޑީޕީއަށް އޭނާ ސޮއި ކޮށްފައި މިވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރިތާ ދެ މަސް ވެސް ނުވަނީހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް