އާލިއާއާ ރަންބީރުގެ ދަރިފުޅަށް ކިޔާނީ "އަލްމާ" ކަަމަށް ބެލެވޭ!

ބޮލީވުޑްގައި މިއަދުވެސް އެންމެ މުހިންމު ހަބަރަކީ އާލިއާ ބަޓް ވިހޭ ވާހަކަ އެވެ. އާލިއާ އާއި ފިރިމީހާ ރަންބީރު ކަޕޫރަށް ފުރަތަމަ ދަރިފުޅު ލިބުނީ އިއްޔެ އެވެ. ދެމަފިރިންނަށް ލިބުނީ އަންހެން ދަރިއެކެވެ. މ...

07 Nov 2022 | 08:20

ބޮލީވުޑްގައި މިއަދުވެސް އެންމެ މުހިންމު ހަބަރަކީ އާލިއާ ބަޓް ވިހޭ ވާހަކަ އެވެ.

އާލިއާ އާއި ފިރިމީހާ ރަންބީރު ކަޕޫރަށް ފުރަތަމަ ދަރިފުޅު ލިބުނީ އިއްޔެ އެވެ. ދެމަފިރިންނަށް ލިބުނީ އަންހެން ދަރިއެކެވެ.

މިހާރު ނޫސްތަކުގައި ދަނީ ދެ ފަހަރާތު އާއިލާއިން އާލިއާ ވިހެއުމާއި ގުޅިގެން ދެކޭގޮތް ހާމަ ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ރަންބީރުގެ ދެމަފިރިންނަށް ދަރިއަކު ލިބުމުން އެންމެ އުފާވެގެން އުޅެނީ މަންމަ ނީތޫ ކަޕޫރެވެ.

ނީތޫ މީޑިއާގައި ބުނީ މާމަ ދަރިއަކު ލިބުމުން ވަރަށް އުފާވި ކަމަށެވެ. އަދި އާލިއާ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް ބުންޏެވެ.

ނީތޫ ބުނީ ދަރިފުޅު ވަރަށް ލޯބި ކަމަށެވެ. އެކަމަކު ކުޑަކަމުން އަދި ވައްތަރީ ކާކާއި ކަން ނޭނގޭ ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ދަރިފުޅަށް ކިޔާނެ ނަންވެސް އޮތީ އާލިއާ އާއި ރަންބީރު އާއިލާގެ ރުހުމާއި އެކު ނިންމާފައި އެވެ. އެގޮތުން އާލިއާ ވަނީ އަލްމާ އަކީ ވަރަށް ރީތި ނަމެއް ކަމަށް ބުނެފައި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އެ ދެމީހުން ކައިވެނި ކުރުމުންވެސް އެކަމާއި އުފަލުން އެންމެ ގިނައިން ނޫސްވެރިންނާއި ވާހަކަ ދެއްކި މީހާކީ ރަންބީރުގެ މަންމަ ނީތޫ އެވެ. ނީތޫ ބުނެފައިވަނީ ރަންބީރުގެ އުފާވެރި ވަގުތުގައި އެންމެ ހަނދާން ވަނީ ފިރިމީހާ ރިޝީ ކަޕޫރު މަތިން ކަމަށެވެ.

ރަންބީރާއި އާއިލާ ކައިވެނި ކުރީ މިއަހަރުގެ އޭޕްރިލް 14 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް