އަންނަ އަހަރުގެ ބަޖެޓު ބަހުސް މާދަމާ ފަށަނީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސް މާދަމާ ފަށަން ތާވަލު ކޮށްފި އެވެ. ބަޖެޓު ހުށަހެޅުއްވީ މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަންނަ އަ...

07 Nov 2022 | 05:21

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސް މާދަމާ ފަށަން ތާވަލު ކޮށްފި އެވެ.

ބަޖެޓު ހުށަހެޅުއްވީ މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ42.6 ބިލިއން ރުފިޔާގެ ބަޖެޓެކެވެ.

މާދަމާ ބަޖެޓުގެ ބަހުސް ފެށޭނެ ކަމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އިއުލާނު ކުރައްވާފައިވެ އެވެ.

އީވާ ވިދާޅުވީ ޝެޑިއުލްގައިވާގޮތުން އަންގާރަ ދުވަހާއި ބުދަ ދުވަހާއި ބުރާސްފަތި ދުވަހާއެކު ބަޖެޓު ބަހުސް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ފަށައިގެން ރޭގަނޑު 10 ޖަހަންދެން ކުރިއަށް ގެންދާނެ ކަމަށެވެ.

އެހެން ނަމަވެސް ބުރާސްފަތި ދުވަހު ރޭގަނޑު 10 ޖަހާއިރު ބަހުސް ނުނިމޭނަމަ ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

އީވާ ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ބަޖެޓު ބަހުސްގެ ފުރުސަތަށް އެދިވަޑައިގަތުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އީވާ ވިދާޅުވީ ބަހުސްގައި ވާހަކަފުޅު ދެއްކެވުމަށް މެންބަރުން މަޖިލީހުގެ ތަޅުމުގައި ތިއްބެވި ނަމަ މަޖިލިސް ކުރިއަށް ގެންދާނެ ކަމަށާއި މެންބަރުން ވަޑައިނުގަންނަވާނަމަ ރޭގަނޑު 10:00 ކުރިން މަޖިލިސް ނިންމަވާލައްވާނެ ކަމަށެވެ.

މަޖިލީހުން ނިންމާފައިވަނީ މިމަހުގެ30 ވަނަ ދުވަހު ހުރިހާ މަސައްކަތެއް ނިންމައި ބަޖެޓު ފާސްކުރަން ފެށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް