ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: ސައޫދީ އަރަބިއާ (ގުރޫޕް ސީ)

ބައްރު: އޭސިއާ ފީފާ ރޭންކިން: 51 ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1994 އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018 ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ގަދަ 16 ވަނަ ބުރު (1994) ކޯޗު: ނަން: ހެރްވޭ ރެނާޑް ގައުމު...

07 Nov 2022 | 02:36

ބައްރު: އޭސިއާ

ފީފާ ރޭންކިން: 51

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1994

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ގަދަ 16 ވަނަ ބުރު (1994)

ކޯޗު:

ނަން: ހެރްވޭ ރެނާޑް

ގައުމު: ފްރާންސް

އުމުރު: 54 އަހަރު

އުފަން ތާރީހު: 30 ސެޕްޓެމްބަރ 1968

ޓީމާ ހަވާލުވީ: 2019 ވަނަ އަހަރު

ފްރާންސް އަށް އުފަން ކޯޗު  ހެރްވޭ ރެނާޑް ސައުދީ އަރަބިއްޔާގެ ގައުމީ ޓީމާ ހަވާލުވީ 2019 ވަނަ އަހަރުގަ އެވެ. އޭގެ ކުރިން ރޭނާޑް ވަނީ ގިނަ ޓީމުތަކަކަށް ކޯޗުކޮށްދީފައެވެ. އޭގެ ތެރޭގައި ޔޫރަޕްގެ ބައެއް ކުލަބުތަކާއި ބައެއް ގައުމުތައް ހިމެނެއެވެ. ރެނާޑް ކޯޗުކޮށްދިން ބައެއް ގައުމުތަކުގެ ތެރޭގައި އައިވަރީކޯސްޓް، އެންގޯލާ، މޮރޮކޯ އަދި ޒެމްބިއާ ހިމެނެއެވެ. މީގެ ތެރެއިން ޒެމްބިއާ އަދި އައިވަރީކޯސްޓަށް އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަން ހޯދައިދީފައިވެއެވެ.

ރެނާޑް ސައުދީގެ ކޯޗުކަމާއި ހަވާލުވުމުގެ ކުރިން ކޯޗުކޮށްދިނީ މޮރޮކޯގެ ގައުމީޓީމަށެވެ. ރެނާލްޑް ސައުދީގެ ކޯޗުކަމާއި ހަވާލުވެ މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ އޭނާގެ ކޯޗުކަމުގެ ދަށުން ސައުދީ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމެވެ.

މުހިންމު ކުޅުންތެރިން

ޔާސިރް އަލް ޝަހްރާނީ

ޔާސިރު އަލް ޝަހްރާނީ އަކީ ސައޫދީ އަރަބިއްޔާގެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރެވެ. ސައުދީގެ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލީއަށް ކުޅެމުން އަންނަ ޝަހްރާނީ ފުޓްބޯޅަ ކެރިއަރުފީ 2010 ވަނަ އަހަރު ސައުދީގެ އަލް ޤަދިސިޔަ އިންނެވެ.

2011 ވަނަ އަހަރު 20 އަހަރުން ދަށުގެ ވޯލްޑް ކަޕް މުބާރާތުގައި ޝަހްރާނީ ދެއްކި މޮޅު ކުޅުމާއި އެކު އޭނާއަށް ސައުދީގެ ސީނިއަރ ޓީމުން ފުރުސަތު ލިބުނެވެ. އެގޮތުން އޭނާ ސައުދީގެ ސީނިއަރ ޓީމަށް ކުލެން ފެށީ 2012 ވަނަ އަހަރުގައެވެ. މިހާތަނަށް 61 މެޗު ކުޅެދީ ދެ ލަނޑު ޖަހާފައިވެއެވެ.

ފިރާސް އަލް ބުރައިކާން

ފިރާސް އަލް ބުރައިކާން އަކީ މިވަގުތު ސައުދީ ޓީމުގައި ހުރި އެންމެ ޒުވާން ފޯވަޑެވެ. ސައުދީގެ އަލް ފަތެހް އަށް ކުލެމުން އަންނަ ބުރައިކާން އަންނަނީ ކުލަބު ފެންވަރުގައާއި ގައުމީ ފެންވަރުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. 2011 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ބުރައިކާން ވަނީ ދައުދީގެ 20 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. ސައުދީގެ ސީނިއަރ ޓީމަށް ބުރައިކާން ކުޅެން ފެށީ 2019 ވަނަ އަހަރުގައެވެ. މިހާތަނަށް 24 މެޗު ކުޅެދީ ހަ ގޯލު ޖަހައިދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް