ފިރިމީހާ "ދޯކާ" ދީފިކަން ފަޅާ އެރުމުން އެމަޖެންސީގައި ފްލައިޓް ލޭންޑް ކުރަން ޖެހިއްޖެ

ދެމަފިރިއެއްގެ ކޯޅުމުގެ ސަބަބުން ގަތަރު އެއާވޭސްގެ ފްލައިޓެއް އެމަޖެންސީގައި ލޭންޑް ކުރަން ޖެހިއްޖެ އެވެ. އިއްޔެ، ދޯހާއިން ބާލީއަށް ދަތުރުކުރި ފްލައިޓެއް އެމަޖެންސީގައި ލޭންޑްކޮށްފައިވަނީ އިންޑިއާގެ ޗ...

07 Nov 2017 | 11:45

ދެމަފިރިއެއްގެ ކޯޅުމުގެ ސަބަބުން ގަތަރު އެއާވޭސްގެ ފްލައިޓެއް އެމަޖެންސީގައި ލޭންޑް ކުރަން ޖެހިއްޖެ އެވެ.

އިއްޔެ، ދޯހާއިން ބާލީއަށް ދަތުރުކުރި ފްލައިޓެއް އެމަޖެންސީގައި ލޭންޑްކޮށްފައިވަނީ އިންޑިއާގެ ޗެންނާއި އަށެވެ. މީޑިއާ ރިޕޯޓްތަކުގައިވާގޮތުން އިރާނުގެ އަންހެނަކު އޭނާގެ ދަރި އަދި ފިރިމީހާއާއެކު އެ ފްލައިޓުން ދަތުރުކުރަމުންދަނިކޮށް ފިރިމީހާއަށް ނިދުނުވަގުތު އޭނާގެ ފިންގަރޕްރިންޓް ބޭނުންކޮށްގެން ފިރިމީހާގެ ފޯނު އަންލޮކް ކޮށްގެން ފޯނު ބެލި އެވެ.

އަދި ބެލިބެލުމުން އެ ފިރިހެންމީހާ އަންހެންމީހާ އަށް ބޭވަފާތެރިވެފައިވާކަން ފަޅާއެރުމުން ފްލައިޓް ތެރޭގައި ފިރިމީހާއަށް ހަމަލާދޭން ފެށިކަމަށް ރިޕޯޓް ކޮށްފައި ވެ އެވެ. އަދި ކެބިންކްރޫން އެ ދެމަފިރިން އޮބަހެއްޓޭތޯ މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވުމުން ފްލައިޓް އެމަޖެންސީގައި ލޭންޑް ކުރީ ކަމަށް ރިޕޯޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް