މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް އައު މެނޭޖިން ޑިރެކްޓަރަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މ. ރިވެލިގެ، މުހައްމަދު ޝަފާއު ހަސަން އެވެ.
މ. ރިވެލިގެ، މުހައްމަދު ޝަފާއު ހަސަން މި މަގާމަށް އައްޔަން ކުރެއްވިކަން އިއުލާނު ކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި އެވެ.
މި މަގާމަށް ޝަފާއު އައްޔަންކުރައްވާފައިވާއިރު ޝަފާއު އެންމެ ފަހުން ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމުގަ އެވެ. އެމްއައިބީގައި އޭނާ ފަސް އަހަރު ހޭދަކުރައްވާފައިވާއިރު، އޭގެ ކުރިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެސިސްޓެންޓް މެނޭޖަރުކަން އަދި ދިރާގުގެ ޑިސްޓްރިބިއުޝަން މެނޭޖަރުކަން ވެސް ކުރައްވައިފަ އެވެ.
އެމްއާރުޑީސީގެ އެމްޑީގެ މަގާމަށް ޝަފާއު އައްޔަން ކުރައްވާފައިމިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނިމާލު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ނިމާލު އެ މަގާމުން އިސްތިއުފާ ދެއްވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވަގުތު ދިނުމަށް ކަމަށް ވިދާޅުވެ، މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް