ޗެނަލް 13 އިން ކުރީގެ ރައީސް، މައުމޫންގެ ކާޓޫނުތަކެއް ދައްކާފައިވާތީ އެ މައްސަލަ އަމިއްލައަށް އިސްނަގައިގެން ބެލުމަށްފަހު އެކަމުގައި އަބުރުގެ މައްސަލައެއް ނެތްކަމަށް ބްރޯޑްކޮމް އިން ބުނެފި އެވެ.
ބްރޯޑްކޮމް އިން މައްސަލަ ބެލި ގޮތުގެ ތަފްސީލު އާއްމު ކޮށްފައިވާއިރު ނިންމި ގޮތުގައި ބުނެފައިވަނީ ހުށަހަޅާފައިވާ ޝަކުވާއާ ގުލީގެން ޗެނަލް 13 އިން ދެއްކި ކޮންޓެންޓަކީ އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތެދު ބަޔާން ކުރުމުގެ ގޮތުން ދެއްކި ކޮންޓެންޓެއް ކަމާއި އަދި އެ ކޮންޓެންޓަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ)އާ އެއްގޮތްވާ ގޮތުގެ މަތިން ތެދު ހަގީގަތެއްކަން، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނުގެ ތަހުގީގަށް ސާބިތުކޮށްދީފައިވާތީ؛ މި ކޮންޓެންޓްގައި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރމުގެ މިނިވަންކަމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިއާޔަތްކޮށް، އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރު އަދި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ބ)އާ ހިލާފު ކޮންޓެންޓެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން މައްސަލަ ނިންމީ ކަމަށެވެ.
https://twitter.com/broadcomMV/status/927813948652404736
އެ ނިންމުމުގައި ބުނެފައިވަނީ ޖަވާބުދާރީވުމަށް ޗެނަލް 13 އަށް ފުރުސަތު ދެވުނު ކަމަށާއި އެ ފުރުސަތުގައި އެކަމަކީ އަބުރުގެ މައްަސަލައެއް ނޫންކަން ޗެނަލް 13 އިން ސާބިތު ކޮށްދީފައިވާކަމަށެވެ.
ތަފްސީލް އަންނަނީ ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް