އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ދިމާއަށް މެދު އިނގިލި އެރުވި އަންހެނަކު ވަޒީފާއިން ވަކި ކޮށްފި އެވެ.
ޓްރަމްޕްއާއި ދިމާއަށް މި އަންހެންމީހާ މެދު އިނގިލި އަރުވާފައިވަނީ ޓްރަމްޕްގެ ގޮލްފް ކުލަބުން ނިކުމެގެން ޓްރަމްޕްގެ މޮޓޯކޭޑް ދަނިކޮށް މޮޓޯކޭޑްގެ ފަހަތުން މި އަންހެންމީހާ ބައިސްކަލު ދުއްވާފައި ގޮހެވެ.
މި އަންހެންމީހާ ޓްރަމްޕާއި ދިމާއަށް މެދެ އިނގިލި އަރުވާ ފޮޓޯ ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު އޭނާ ވަޒީފާ އަދާކުރި އޮފީހުން އޭނާ ވަކި ކުރީ ކުންފުނީގެ ސޯޝަލް މީޑިއާ ޕޮލިސީއާއި ހިލާފުވުމުން ކަމަށް އޭނާއަށް އަންގާފައިވާކަމަށް އެ އަންހެންމީހާ ބުނެފައި ވެ އެވެ. އެ އަންހެންމީހާ ވަނީ މި ފޮޓޯ އޭނާގެ ފޭސްބުކް ޕްރޮފައިލް ޕިކްޗާގެ ގޮތުގައި ބޭނުން ކޮށްފަ އެވެ.
މި އަންހެންމީހާ ވަޒީފާއިން ވަކިކޮށްފައިވާއިރު ސޯޝަލް މީޑިއާގައި މި އަންހެންމީހާއަށް އަންނަނީ ގިނަ ބަޔަކު ތަރުހީބު ދެމުންނެވެ. އަދި ސޯޝަލް މީޑިއާގައި މި އަންހެންމީހާއަށް މިހާރު ދެ ލަގަބެއް ވަނީ ދީފަ އެވެ. އެއީ "ހީރޯއިން!" އަދި "ހަރ2020" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް