އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވެ ތިން މީހަކަށް އަނިޔާވެއްޖެ

އއ އުކުޅަހު އިންޖީނުގޭގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10...

07 Nov 2017 | 08:02

އއ އުކުޅަހު އިންޖީނުގޭގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:55 ހާއިރު ކަމަށާއި ފުލުހުންނާއި އުކުޅަހު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލާފައިވާކަމަށެވެ.

މި ހާދިސާގައި ތިން މީހަކަށް އަނިޔާވެ އެ ރަށު ސިއްހީ މަރުކަޒުން ފަރުވާދެމުން އަންނަ ކަމަށާއި ނަމަވެސް އެމީހުންގެ ހާލު ސީރިއަސް ނޫން ކަމުގައިވެސް ފުލުހުން ބުނެފައި ވެ އެވެ. ފުލުހުން ބުނެފައިވާގޮތުގައި އެ ތިން މީހުންގެ ތެރެއިން ދެމީހަކަށް ފަރުވާ ދެމުން އަންނަނީ ދުމުގެ އަސަރު ކޮށްގެންނެވެ. އަދި އެކަކަށް ފަރުވާ ދެމުން އަންނަނީ އަލިފާން ނިއްވުމުގައި އުޅެނިކޮށް އަނިޔާ ވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް