ޔަމަނަށް ވަންނަން އޮންނަ ކަނޑު، ވައިގެ އަދި އެއްގަމު މަގުތައް ބަންދު ކުރަން ނިންމާފައިވާކަމަށް ސައުދީ އަރަބިއްޔާއާއި ގުޅިގެން ޔަމަނުގައި ހަނގުރާމަކުރަމުން ދާ ކޯލިޝަންއިން އިއުލާނުކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ނޫސް އެޖެންސީއެއްކަމުގައިވާ އެސްއޭޕީއަށް ދިފައިވާ ބަޔާނެއްގައި އެ ކޯލިޝަންއިން ބުނެފައިވަނީ ޔަމަނަށް ވަންނަން އޮންނަ ހުރިހާ މަގެއް ބަންދުކުރަން ނިންމާފައިވަނީ އީރާއިން އިން ހޫތީންއަށް ހަތިޔާރުފޯރުކޮށްދިނުން ހުއްޓުވުމަށްކަމަށެވެ. އެހެންނަމަވެސް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކަށް ޔަމަނަށް ވަދެ ނިކުމެވޭނެކަމަށް މި ބަޔާނުގައިވެއެވެ.
މި ނިންމުން ނިންމާފައި މިވަނީ ޔަމަނުން ސައުދީ އަރަބިއްޔާގެ ރިޔާދުގެ ވައިގެ ބަނދަރަށް ދިން މިސައިލް ހަމަލާއެއް ނާކާމިޔާބުކޮށްލައިފައިވާ ދަނޑިވަޅެއްގައެވެ. ސައުދީ އަރަބިއްޔާގެ އިތުރުން އެގައުމާއި ގުޅިފައިވާ ގައުމުތަކުން ޔަމަނުގައި ހިނގަމުން ދާ ހަމަނުޖެހުންތަކުގެ ޒިންމާއަޅުވަނީ އީރާންއަށެވެ. އެހެންނަމަވެސް އީރާން އިން މިކަން ދޮގުކުރެއެވެ.
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް 10000 އަށް ވުރެ ގިނަމީހުން މަރުވެފައިވާއިރު ބައިމިލިޔަން މީހުންއަށް އަށް ނުރައްކާތެރި ބައްޔެއްކަމުގައިވާ ކޮލެރާޖެހި އިތުރު ހަތް މިލިޔަނެއްހާ މީހުނަށް ވަނީ ބަނޑުގައިހޫނުކަމާ ކުރިމަތިލާންޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް