ބައިވެރިޔާ ގާތު އެދިގެން ނުވާނެ ތިން ކަމެއް !

އުފާވެރި ޒަވާޖީ ހަޔާތެއް ބިނާކުރެވޭނީ ދެމީހުންވެސް އެކަކު އަނެކަކުގެ ބޭނުންތަކާއި އެދުންތަކަށް އިހުތިރާމްކޮށް އަދި އެކަންކަން ފުއްދައިދީގެންނެވެ. އެހެން ނަމަވެސް ތިމާގެ ބައިވެރިޔާގެ ފަރާތުން އެދިގެން ...

06 Nov 2017 | 21:05

އުފާވެރި ޒަވާޖީ ހަޔާތެއް ބިނާކުރެވޭނީ ދެމީހުންވެސް އެކަކު އަނެކަކުގެ ބޭނުންތަކާއި އެދުންތަކަށް އިހުތިރާމްކޮށް އަދި އެކަންކަން ފުއްދައިދީގެންނެވެ. އެހެން ނަމަވެސް ތިމާގެ ބައިވެރިޔާގެ ފަރާތުން އެދިގެން ނުވާނެ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަމަކީ އެފަދަ ކަމަކަށް އެދުމުން ނޭނގި ނަމަވެސް ދެމީހުންގެ ގުޅުމަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަންކަމެވެ. މި ދަންނަވަނީ ކޮންމެހެން ޖެހިއްޖެ ހާލަތެއްގައި މިފަދަ ކަމަކަށް ނޭދޭށެކޭ ނޫނެވެ. އެހެން ނަމަވެސް އުފާވެރި ޒަވާޖީ ހަޔާތެއް ބޭނުންނަމަ ނޭދި ދޫކޮށްލުން އެންމެ ބުއްދިވެރި ކަންކަމެވެ. މިފަދަ ތިން ކަމެއް ތިރީގައި މިވަނީއެވެ.

މީހާ ހުންނަ ގޮތް ބަދަލު ކުރަން އެދުން

ބައިވެރިޔާ ތިމާ ހުންނަ ގޮތް ބަދަލް ކޮށްލަން އެދުމަކީ ވަރަށް އާންމު ކަމެކެވެ. އެހެންނަމަވެސް ބޯ ދިގުކޮށްލަން ނުވަތަ ކޮށާލަން، ބޯ ފަންކޮށް ކުލައެއް ޖައްސާލަން ނުވަތަ ބަރުދަން ލުއިކޮށް ހިކުން ފަދަ ކަންކަމަކީ ބައިވެރިޔާ އެދިގެން ވާނެ ކަން ކަމެއް ނޫނެވެ. މިފަދައިން ބައިވެރިޔާ އެދޭނަމަ އޭގެން ދޭހަވަނީ ތިމާ މިވަގުތު ހުރި ގޮތަށް ބައިވެރިޔާ ތިމާދެކެ ލޯބި ނުވާކަމެވެ.

އާއިލާއާއި ގުޅުން ކަނޑާލަން ބުނުން

ބައިވެރިޔާ ތިމާގެ އާއިލާގެ އާއިލާގެ މީހަކާއި ގުޅުން ކަނޑާލަން އެދުމަކީ މަދުން ނަމަވެސް ވާކަމެކެވެ. އެހެން ނަމަވެސް އާއިލާގެ އެއްވެސް މެންބަރަކާއި ގުޅުން ކަނޑާލަން، އާއިލާގެ މެންބަރެއްގެ ގެއަށް ނުދަން ނުވަތަ އާއިލާއިން ބުނާގޮތް ނުހަދަން ބުނުން ފަދަ ކަންކަމަކީ ބައިވެރިޔާ އެދިގެން ވާނެ ކަންކަމެއް ނޫނެވެ.

ޒާތީ ކަންކަމާ ބެހުން

ފޭސްބުކްގެ ޕާސްވޯޑާއި ބޭންކް އެކައުންޓުގެ ބެލެސް ބުނުން ފަދަ ކަންކަމަށް އެދުމަކީ ބައިވެރިޔާ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަންކަމެއް ނޫނެވެ. މީގެ އެއް ސަބަބަކީ މިހެން އެދޭނަމަ އޭގެން އެދޭހަވަނީ ބައިވެރިޔާ ތިމާއަށް އިތުބާރު ނުކުރާކަމަވެވެ. އަދި އަނެއް ސަބަބަކީ އެފަދައިން އެދޭ ނަމަ ބައިވެރިޔާ ތިމާއަށް ޒާތީ މިނިވަންކަން ދޭން ބޭނުން ނުވާކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް