ލާމު ގަމުގައި ހަމަނުޖެހުންތަކެއް - އަންހެނަކާއި ކުޑަ ދެ ކުއްޖަކާއި ފިރިހެނަކު ހިމެނޭ

ލާމު ބަޔަކު ހިންގި ހަމަނުޖެހުންތަކެއްްގައި އަންހެނަކާއި ކުޑަ ދެ ފިރިހެން ކުއްޖަކާއި އިތުރު ފިރިހެނަކަށް އަނިޔާ ވެއްޖެއެވެ. ދުވަހަށް މަޢުލޫމާތު ދެމުން ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ ބަޔަކަށް ވަޅިން ހަ...

07 Oct 2025 | 18:48
ގަމު ރީޖަނަލް ހޮސްޕިޓަލް - ފޮޓޯ: އައްޑޫލައިވް

ގަމު ރީޖަނަލް ހޮސްޕިޓަލް - ފޮޓޯ: އައްޑޫލައިވް

ލާމު ބަޔަކު ހިންގި ހަމަނުޖެހުންތަކެއްްގައި އަންހެނަކާއި ކުޑަ ދެ ފިރިހެން ކުއްޖަކާއި އިތުރު ފިރިހެނަކަށް އަނިޔާ ވެއްޖެއެވެ.

ދުވަހަށް މަޢުލޫމާތު ދެމުން ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ ބަޔަކަށް ވަޅިން ހަމަލަ ދިން ކަމަށް ލިބުނު މަޢުލޫމާތަށް އެ ރަށުގެ ސަރަހައްދަކަށް އެމްބިއުލާންސް ފޮނުވައިގެން އެ ބަޔަކު ނުފެނިގެން އެމްބިއުލާންސް އަނބުރާލާފައި އައީ ކަމަށާއި ނަމަވެސް ފަހުން ފުލުހުން ގޮސް ބަޔަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާކަމަށެވެ.

"35 އަހަރުގެ އަންހެނަކާ 14 އަހަރުގެ ފިރިހެން ކުއްޖަކާ 17 އަހަރުގެ ފިރިހެން ކުއްޖަކާ އަދި 30 އަހަރުގެ ފިރިހެނަކު އެބަ ހިމެނޭ" ހޮސްޕިޓަލުން ބުންޏެވެ.

ހޮސްޕިޓަލުން ބުނީ 35 އަހަރުގެ އެ އަންހެން މީހާގެ ބޮލުގައި އެއްޗަކުން ޖަހާފައިވާކަމަށް ބެލެވޭ ކަމަށާއި ކުޑަ ދެކުދިންނާއި 30 އަހަރުގެ މީހާގެ ގައިންވެސް ކުދި ޒަޚަމްތައް ހުރި ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ވަޅީގެ ހަމަލަ އެއްވެސް މީހަކަށް އަމާޒުވެފައިވާކަމުގައި ނުބެލެވޭ ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.


އެޑިޓަރުގެ ނޯޓް

ކުރިން މި ޚަބަރު ލިޔެ ޝާއިޢު ކުރިއިރު ބަޔަކަށް ވަޅިން ހަމަލަ ދީފައިވާކަމަށް ލިޔެފައިވަނީ އެ ރަށުގެ ބައެއް އާންމުންގެ ފަރާތުން ލިބުނު މަޢުލޫމާތަށް ބުރަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް