ރައީސް މުއިއްޒުގެ ދައުވަތު ގަބޫލުފުޅުކުރައްވައި، ރާއްޖެ ވަޑައިގަތުމަށް މޯދީ ނިންމަވައިފި

ރާއްޖެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވައިފިއެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ވ...

07 Oct 2024 | 15:43

ރާއްޖެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވައިފިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީއާއި ހަވާލާދެއްވައި އިންޑިއާގެ މީޑިއާގައި މިރޭ ރިޕޯޓުކޮށްފައިވާގޮތުގައި ރައީސް މުއިއްޒުގެ ދައުވަތު މޯދީ ގަބޫލުފުޅު ކުރެއްވިކަން މިހާރު ވަނީ އަންގާފައެވެ.

އެހެންނަމަވެސް މޯދީ ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީހެއް އަދި ފައިނަލްވެފައިނުވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ރައީސް މުއިއްޒު ދައުވަތު އެރުވީ ރައީސްގެ ދެކަނބަލުން މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް މުއިއްޒު މިއަދު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އހަރު މިއަހަރު ފުރޭނެ ކަމަށާއި އެ މުނާސަބަތު ފާހަގަކުރުމަށް ރާއްޖެ ވަޑައިގެންނެވުމަށް މޯދީއަށް ދައުވަތު އަރުވާފައިވާކަމުގައިވެސް ރައީސް މިއަދު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވިގެންދިޔައީ 1965 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް