އިންޑިއާގެ ކެރެލާގެ ދެކުނުން ތޫފާނީ ސެޓަޕެއް އުފެދިފައިވާކަމަށާއި އަންނަ ބުދަ ހާތާނގައި ލޯ ޕްރެޝަރެއް އުފެދިދާނެކަމުގައި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ.
އެގޮތުން އިންޑިއާގެ މެޓުން ބުނެފައިވަނީ މި ތޫފާނީ ސެޓަޕާއި ކައިރިން ބަންގާޅު ކަނޑުން މަލިކު ހިމެނޭ ލަކްޝަދުވީޕަށް އަދި ތަމިލްނާޑޫގެ ދެކުނު ސަރަހައްދު ހިމެނޭހެން ޓްރަފެއްވެސް އުފެދިފައިވާކަމަށެވެ.
މި ސެޓަޕާއި ޓްރަފްގެ ބާރުގައި ލަކްޝަދުވީޕް ސަރަހައްދުގައި މި ހަފްތާގެ ބުދަދުވަސް ހާތާނގައި ލޯ ޕްރެޝަރ އޭރިއާއެއް އުފެދުމުގެ ފުރުސަތުވެސް އޮތް ކަމުގައި އިންޑިއާގެ މެޓުން މިއަދު ބުނެފައިވެއެވެ.
ތޫފާނީ ސެޓަޕަކާއި ޓްރަފަކާއި އަދި ލޯ ޕްރެޝަރ އޭރިއާއެއް އުފެދުމުގެ ފުރުސަތު އޮތް އިރު އިއްޔެއިން ފެށިގެން ރާއްޖެ ސަރަހައްދުގައިވެސް މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
މެޓުން އިއްޔެ ބުނެފައިވާގޮތުގައި ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ އިއްޔެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް