ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސް ޑރ މުއިއްޒު މިއަދު ދައުވަތު ދެއްވައިފިއެވެ.
ރައީސް ވިދާޅުވީ، އަންނަ އަހަރު ދެ ގައުމުގެ ހާރިޖީ ގުޅުމަށް60 އަހަރު ފުރޭނެ ކަމަށެވެ. އެ މުނާސަބަތު ފާހަގަކުރުމަށް މޯދީ ރާއްޖެ ވަޑައިގަތުމަށް ރައީސް ވަނީ މިހާރު ދައުވަތު ދެއްވާފައެވެ.
ރައީސް މިވަގުތު ހުންނެވީ އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އިންޑިއާގައެވެ. މި ދަތުރުފުޅުގައި ރާއްޖެއާއި ގުޅުން ހުރި ގިނަ އެއްބަސް ވުންތަކެއްގައި ސޮއި ކުރައްވާފައިވެއެވެ. އަދި މުހިންމު މަޝްވަރާތަކެއް ވެސް ވަނީ އިންޑިއާއާއެކު ކޮށްފައެވެ.
އިންޑިއާގެ ބޮޑު ވަޒީރު އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާގަަަައެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަސްކޮޅު ވަނީ އިންޑިއާގެ ގުޅުމަށް ހީނަރު ކަމެއް އައިސްފައެވެ. އެހެން ނަމަވެސް އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދެ ގައުމުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް