އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަަށް އިފްތިތާހުކޮށްފި

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑް ބޭނުން ކުރެވޭ ގޮތް ހަދާ,  ރަސްމީކޮށް މިއަދު ރާއްޖެއަށް ރުޕޭ ކާޑް އިފްތިތާހުކޮށްފިއެވެ. މިހާރު ކުރިއަށްދާ ޖޮއިންޓް ޕްރެސްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ...

07 Oct 2024 | 09:42

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑް ބޭނުން ކުރެވޭ ގޮތް ހަދާ,  ރަސްމީކޮށް މިއަދު ރާއްޖެއަށް ރުޕޭ ކާޑް އިފްތިތާހުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ޖޮއިންޓް ޕްރެސްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެކަން އިއުލާން ކޮށްފައެވެ.

އެ ހިދުމަތް އިފްތިތާހުކުރުމުގެ ގޮތުން މިއަދު ވަނީ އޮތެންޓިކް މޯލްޑިވްސްގައި ޓްރާންސެކްޝަނެއް ހަދާފައިވެސް ހަދާފައެެވެ.

ރުޕީ ކާޑު ރާއްޖެއަށް އިފްތިތާހުކުރުމާއެކު ބީއެމްއެލް ޕީއޯއެސް މެޝިންތަކުންނާއި އިތުރު މާޗެއިންތަކުންވެސް އެ ކާޑު ބޭނުންކޮށްގެން މުއާމަލާތް ކުރެވިގެންދާނެ އެވެ.

އެ ރަސްމިއްޔާތުުގައި ނަރެންދްރަ މޯދީގެ ވާހަކަފުޅުގައި ވިދާޅުވީ، ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ހިދުމަތް ރާއްޖޭގައި ދިނުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށާއި އެ ހިދުމަތް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ.

އިންޑިއާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރެއްވެވި ރަސްމީދަތުރުފުޅު ނިންމާލައްވައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް