ރާއްޖެއާއި އިންޑިއާއާއި ދެމެދުގައި ފަސް އެްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެދްރަ މޯދީއާއި ބައްދަލުކުރައްވާއި މަޝްވަރާތަކެއް ކުރައްވާފައެވެ.
އެގޮތުން ސޮއިކުރި އެއްބަސްވުންތަކު ތެރޭގައި ހިމެނެނީ،400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރިމެންޓާއި، އިންޑިއާގައިި ހުންނަ ރާސްޓްރަ ރަކްޝާ ޔުނިވާސިޓީ އާއި އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އިން އެންޑް ލޯ އެންފޯސްމެންޓާއި ދެމެދުގެ އެއްބަސްވުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން ސެންޓްރަލް ބިއުރޯ އޮފް އިންޑިއާއި ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދު ކުރެވުނު އެއްބަސް ވުން ހިމެނެއެވެ.
މީގެއިތުރުން، ނެޝަނަލް ޖުޑިޝަލް އެކަޑަމީ އޮފް އިންޑިއާ (އެންޖޭއޭއައި) އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ދެމެދު މީހުން ތަމްރީނު ކުރުމާއި ގުޅޭ އެއްބަސްވުމާއި، ކުޅިވަރުގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމާއި ގުޅޭ އެއްބަސްވުން ވެސް ހިމެނެއެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވަނީ ރުޕޭ ކާޑްގެ ޚިދުމަތް ރާއްޖޭގައި ތައާރަފްކޮށްފައެވެ.
އަދި ހަނިމާދޫ އިންޓަނޭޗަނަލް އެއާޕޯޓުގެ އާ ރަންވޭ އިފްތިތާހު ކުރިއިރު، އިންޑިއާގެ އެގްޒިމް ބޭންކް ކްރެޑިޓް ފެސިލިޓީގެ ދަށުން އިމާރާތް ކުރި700 ހައުންސިން ޔުނިޓް ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލު ކުރުންވެސް އެ ރަސްމިއްޔާތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް