400 މިލިޔަން ޑޮލަރާއި 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމެއްގައި އެމްއެމްއޭއިން ސޮއިކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު 400 މިލިޔަން ޑޮލަރު އަދި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެމްއެމްއޭއިން މ...

07 Oct 2024 | 09:05

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު 400 މިލިޔަން ޑޮލަރު އަދި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެމްއޭއިން މިއަދު ބުނެފައިވާގޮތުގައި މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހިވެގެންދާނެއެވެ.

"އެއީ އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށް" އެމްއެމްއޭއިން ބުނެފައިވެއެވެ.

މިގޮތުން "ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027 – 2024" ގެ ދަށުން އެމްއެމްއޭއަށް 400 މިލިޔަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން ރުޕީސްގެ އަދަދާ ހަމައަށް އެކިފަހަރު މަތިން ސްވޮޕް ނެގޭނެ ކަމަށާއި ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރުމުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅަކަށް ވާހިނދު، އިންޑިއަން ރުޕީސް ސްވޮޕް މެދުވެރިކޮށް އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެ ގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ ދެ ގައުމުގެ ދޭތެރޭ ކުރެވޭ ވިޔަފާރި އިތުރުވެ ހަރުދަނާ ވާނެ ކަމެއް ކަމުގައިވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް