ނުދެއްކޭނެ ކަމަށްބުނަމުންދިޔަ ސުކޫކަށް ސަރުކާރުން މިއަދު ފައިސާ ދައްކައިފިއެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީން މިއަދު ބުނެފައިވަނީ ކުރީ 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ކަމުގައިވާ 25 މިލިޔަން ޑޮލަރު (386 މިލިޔަން ރުފިޔާ) ސަރުކާރުން މިއަދު ދައްކާފައިވާކަމަށެވެ.
ފިނޭންސުން މިއަދު ބުނެފައިވަނީ ސުކޫކަށް އިންވެސްޓް ކުރި ފަރާތްތަކަށް އެ ފައިސާ ފޮނުވައި ސެޓަލްމަންޓްސް މިއަދު ހަދާފައިވާއިރު އެ ފައިސާ ދެއްކީ ދައުލަތަށް ލިބުނު އާމްދަނީން ކަމަށެވެ.
2021 ވަނަ އަހަރު ވިއްކި އެ ސުކޫކު ނެގީ 9.875 އިންޓްރެސްޓް ރޭޓުގައެވެ. މި މަހު ދެއްކި ކޫޕަން ޕޭމްނޓާއެކު މި އަހަރު ދެއްކި އަދަދު 50 މިލިޔަން ޑޮލަރަށް އަރާނެއެވެ. ދެން ސުކޫކަށް ފައިސާ ދައްކަން ޖެހޭނީ އަންނަ އަހަރުގެ އޭޕްރީލް އަދި އޮކްޓޯބަރުގައެވެ.
ސަރުކާރުން މި ފައިސާ ދައްކާފައިވާއިރު އެ ފައިސާ ދައުލަތަށް ނުދެއްކިދާނެ ކަމަށާއި ސުކޫކު ޑީފޯލްޓްވެދާނެކަމަށްބުނެ ބޭރު މީޑިއާގައި ވަރަށް ބޮޑަށް އަޑު ފެތުރިގެންދިޔައެވެ. އެހެން އެކަން ހިނގީ ފިޗުންނާއި މޫޑީސް އިންވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި ވަގުތާއި ސުކޫކުގެ ޕޭމަންޓް ދައްކަންޖެހޭ ތާރީޚާ ގާތްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް