ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް އިންޑިއާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ.
މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
https://www.facebook.com/dhuvasmv/posts/pfbid031pHeGGj5cudBeN2KH9nH3CAeMEnFgN8BNipGyPtynTgDhC3PDzJsW2n7e5oe5wz2l?__cft__[0]=AZU24SW15DNIxhJaeHmYsgW_3XIy44lgij0l0GtcQ9YQQpD1hbWXGtqovTKO580-7NEuakiusXVqjmj0ARI_eCGVHh-C8gX_MvIdBmOxsH9kl60PwoFcxJU2IEmw4G9j_DwXRiOTg8SCM2G6JDoM-s-YdzprIhzZSe8_ppKurOThsl8ymmetJmhiPfJRVTcaJrIGeu_dpQEJpbchEMILLt-r&__tn__=%2CO%2CP-R
ރާޝްތުރަޕަތީ ބަވަންގައި ބޭއްވި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މަހާތުމާ ގާންދީގެ މަޤްބަރާ، ރާޖްގަޓަށް ޒިޔާރަތްކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް