އަތުލަން އަމުރުކުރި އެޕާޓްމަންޓްތައް އަތުލުން ފަސްކޮށްލަށް އެދުމުން އެ މުހުލަތު ބައްސާމަށް ދިނީ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޚިޔާނާތުގެ މައްސަލައިގާ ތުހުމަތު ކުރެވޭ ކ. މާލެ، ގ. ފަހިވާގޭ ބައްސާމް އަދީލް ޖަލީލްގެ މިލްކިއްޔާތުގައިވާ، ހުޅުމާލެ އަމީން އެވެނިއު ގެ ދެ އެޕާޓްމަންޓް އާދީއްތަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް ސެޕްޓެމްބަރު 18ގައި ކޯޓުން އަމުރުކުރި ކަމަށެވެ.
އެއަށްފަހު އިއްޔެ ފުލުހުން ބުނީ އެޕާޓްމަންޓްތައް ހަވާލުކުރުމަށް އޮކްޓޯބަރު 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުގެ ފަރާތުން ސިޓީއަކުން އެދިފައިވާކަމަށާއި ހާލަތަށް ރިއާޔަތްކޮށް އެ މުއްދަތުގެ ފުރުސަތު ދީފައިވާނެކަމަށެވެ.
ބައްސާމަށް އެ މުއްދަތުގެ ފުރުސަތު ދިނުމުން އެކަމަށް އާންމުން ވަރަށް ބޮޑަށް ފުލުހުންނަށް ފާޑުކިޔާފައިވެއެވެ.
މިއަދު ފުލުހުން ބުނެފައިވަނީ ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވ އަމުރުގައި، އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް އަމުރުކޮށްފައިވާކަމަށާއި އެޕާޓްމަންޓްތަކަކީ ބޮޑެތި މީހުންނާއި އަދި ކުޑަކުދިންވެސް ދިރިއުޅެމުންދާ އެޕާޓްމަންޓްތަކަކަށްވާތީ ހާލަތަށް ރިއާޔަތްކުރުމުގައި އެކަންކަމަށް ބަލާފައިވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް