ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުޢަޒީޒް، ފުއްޕާމޭގެ އިންފެކްޝަނަކަށް ޓެސްޓްތަކެއް އިއްޔެ ހައްދަވާފައިވާކަން ސައޫދީ ރޯޔަލް ކޯޓުން އިއްޔެ ހާމަކުރައްވައިފިއެވެ.
އެގޮތުން އިއްޔެ ސައޫދީ ރޯޔަލް ކޯޓުން އާއްމުކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެފަދަ ޓެސްޓްތަކެއް ހައްދަވާފައިވާއިރު ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.
ސައޫދީ މީޑީއާއިން ކުރިން ރިޕޯޓްކޮށްފައިވާގޮތުގައި ސައޫދީ ރަސްގެފާނުގެ މޭގައި އިންފެކްޝަނެއް ހުރިކަން ދެނެގަނެވުނީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެއަށްފަހު އެ އިންފެކްޝަނަށް ފަރުވާ ހޯއްދަވަމުން ގެންދެވިކަން ހާމަކޮށްފައިވެއެވެ.
31 ޑިސެމްބަރު 1935ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި، ސަލްމާން ރަސްގެފާނުގެ އުމުރުފުޅަކީ މިހާރު 88 އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް