މިހާރު ނިމެންމިދާ ރައީސް ސޯލިހްގެ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަންޖެހޭކަމުގައި ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
މިކަން ހާމަކުރައްވައި ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެފައިވަނީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް އިތުބާރު ހިފޭގޮތަކަށް ބަލަންޖެހޭކަމަށް ޑިމޮކްރެޓްސް އިން އަބަދުވެސް ވަކާލާތުކުރާކަމަށެވެ.
"ރައީސް ސޯލިހާއި އެމްޑީޕީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަންޖެހޭ" އޭނާ ވިދާޅުވެފައިވެއެވެ.
ހަސަން މިރޭ މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީން އަނެއްކާވެސް މިވަނީ ފަށާފައެވެ. މިކަމަކީ ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީގެ ގުޅުން އިންތިހާއަށް ގޯސްވާނެކަމެއް ކަމުގައި ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް